ހޯނޑެއްދޫ ކޭސްތަކުގެ އަދަދު 38 ކަށް އަރައިފި

ގދ.ހޯނޑެއްދޫ —

ގދ. ހޯނޑެއްދޫއިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 38 ކަށް އަރައިފިއެވެ.

ހޯނޑެއްދޫއިން ފުރަތަމަ ފެނުނު ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެމީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފައެވެ. އެ ދެ ކޭސްއާ ގުޅުންހުރި 19 ކޭސް އެއް އޭގެ ފަހުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހުވެސް ވަނީ ފެނިފައެވެ.

އެޗްއީއޯސީން މިއަދު ބުނީ، މިއަދު އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހޯނޑެއްދުއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށުގެ ކޮންޓެކްޓް ޓްރޭސިން އިން ނެގި ސާމްޕަލްތަކުން ބަލީގެ އަލާމާތްތައް ހުރި 63 މީހަކު ފެނިފައިވާ ކަމަށް މީގެ ކުރިން އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

ހޯޑެއްދޫއަށް ބަލި ފެތުރުނު ގޮތުގެ ތަހުގީގެއް އެޗްއޯއީސީން އަންނަނީ ކުރަމުންނެވެ.

ހޯޑެއްދޫއިން ދެ މީހަކު މިއަދު ޕޮޒިޓިވްވި އިރު، ހަތަރު ރަށަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވެފައެވެ. އެ ހަތަރު މީހުންނަކީ، ފުރަބަންދު ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަވަގެން ޓެސްޓު ކުރި ހަތަރު މީހުންނެވެ.

ޕޮޒިޓިވްވި ހަތަރު މީހުންގެ ތަފްސީލު:

  1. ތ. ވޭމަންޑު - 54 އަހަރުގެ އަންހެނެއް
  2. ނ. މަނަދޫ - ފިރިހެނެއް
  3. ޅ. ނައިފަރު ފިރިހެނެއް
  4. ރ. ދުވާފަރު 23 އަހަރުގެ އަންހެނެއް

މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން ތިރީގައެވެ. މިހާތަނަށް ރާއްޖެއިން ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ، 8،900 އެވެ. ބަލިން ރަނގަޅުވެފައި 6،559 މީހުންނެވެ. ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،304 އެވެ. މަރުވި މީހުންގެ އަދަދަކީ، 31 އެވެ.

comment ކޮމެންޓް