އާ ދާއިރާތަކާއެކު ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސެޕްޓެމްބަރ 15، 2019: ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގެ ތެރެއިން: އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދުއަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ ދާއިރާތަކަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު (10 ސެޕްޓެމްބަރު)އިން ފެށިގެން 24 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމުތައް ދޭން ނިންމާފައިވާ ދާއިރާތަކަކީ:

  • ތަހުގީގީ ނޫސްވެރިކަން
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން
  • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ
  • ވިޔަފާރިއާއި އިގްތިސާދު
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ފީޗަރ/ރިޕޯޓު
  • އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

މި ދާއިރާތަކުގެ ތެރެއިން މިއަހަރު އަލަށް ތައާރަފުކުރީ ތަހުގީގީ ނޫސްވެރިކަމާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ އެވެ.

މީޑިއާ ކައުންސިލުން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އިނާމަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަހަރު ވެސް އިތުރު ނުކުރެވޭނެ ކަމަށެވެ.

މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު، މިކަމާ ގުޅޭ އިއުލާނާއެކު ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

comment ކޮމެންޓް