އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ލީލާ

ގައުމީ ޔުނިވާސިޓީ މަގާމަށް އާޝިޔާ ލީލާ އަހުމަދު އައްޔަނު ކުރައްވައިފިއެވެ.

މީގެ އިތުރުން އެމްއެންޔޫ އިން މިއަދު ވަނީ އެ ޔުނިވާސިޓީގެ ކޮންޓްރޯލާ އޮފް އެގްޒެމިނޭޝަންސްގެ މަގާމަށް ފާތިމަތު ނާޒިޔާ އަދި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާކަމުގެ މަގާމަށް ފާތިމަތު ނާސިޙާހާ އަބްދުލް މުހައިމިން އައްޔަނު ކޮށް މަގާމުގެ ލިޔުން ހަވާލު ކޮށްފައެވެ.

ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ހޮވިވަޑައިގެންފައިވާ ލީލާ އަހުމަދު، ޔުނިވާސިޓީއަށް 14 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ. ލީލާ، ޔުނިވަރސިޓީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޓީޗާ އިންސްޓްރަކްޓަރ، އެސިސްޓަންޓް ލެކްޗަރާ އަދި ލެކްޗަރާގެ މަގާމު ހިމެނެއެވެ.

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންސްގެ މަގާމަށް އައްޔަނު ކުރެވުނު ނާޒިޔާ، އަކީ 2016 ސެޕްޓެމްބަރުން ފެށިގެން އެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާގެ މަގާމަށްއައްޔަނު ކުރެވުނު ނާސިހާ ވަނީ 16 ޖެނުއަރީ 2011 ގައި ޔުނިވާސިޓީއާ ގުޅިވަޑައިގެން މިއަދާހަމަށް ލެކްޗަރާ އެއްގެ މަގާމުގެ އިތުރުން ސެންޓާ ފޯ އޯޕަން ލާނިންގް ގައި އެއް އަހަރު އެކްޓިންގ ޑީންގެ މަޤާމު އަދާކުރައްވާފައެވެ.މަގާމު އަދާކުރައްވައިފައެވެ.

ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަގާމުތަކުގެ ލިޔުން ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހަޙައްމަދު ޝަރީފެވެ.

comment ކޮމެންޓް