ހުއްދަނެތި މަޑަވެލިން ދޮންފަނަށް ދިޔަ މީހަކު ހައްޔަރުކޮށްފި

މަޑަވެލި--

ހުއްދަނެތި ގދ. މަޑަވެލިން ބ. ދޮންފަނަށް ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަޑަވެލި މޮނީޓަރިންގައި އޮއްވާ، ހުއްދަ ނެތި އަދި އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފަށް އެ ރަށުން ފުރައިގެން ބ. ދޮންފަނަށް އެރި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 19:20 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޑަވެއްޔާ ކޯޒްވޭ އަކުން ގުޅާލާފައިވާ ހޯނޑެއްދޫ އިން ކޮވިޑް19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަލެއްގެ ގޮތުން މަޑަވެލި ވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. މި ހާލަތުގައި އެރަަށަށް ލަފާ ފުރޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

މީގެ ކުރިންވެސް އުސޫލާ ހިލާފަށް ރަށްރަށަށް ދިޔަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ މިވަގުތު ކޮމިޔުނިޓީ ސްޕްރެޑެއް އޮތް މާލޭ ސިޓީ އިން ރަށަށް ދިޔުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގާ ރަށަށް ދިޔަ މީހުންނެވެ.

comment ކޮމެންޓް