ހޫތީން 18 އަހަރު ނުފުރޭ އަންހެން ކުދިން ރެކްރޫޓްކޮށްފައިވޭ: އދ

ޔަމަނުގެ ރައްޔިތުންތަކެއް--

ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީ ޖަމާއަތުން 18 އަހަރު ނުފުރޭ އަންހެން ކުޑަކުދިން ރެކްރޫޓްކޮށްފައިވާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްއިން ބުނެފި އެވެ.

އެ ރިޕޯޓްނެރެފައި ވަނީ 2014 އިން ފެށިގެން ޔަމަން ހަނގުރާމާގައި ހުރިހާ ފަރާތްތަކުން ވެސް ކޮށްފައިވާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ތަޖުރިބާކާރު ބޭފުޅުންގެ ޓީމަކުންނެވެ.

އެ ރިޕޯޓްގައި ބުނީ ޔަމަނުގެ އެންމެ ހަތް އަހަރުގެެ ފިރިހެން ކުދިން ވެސް ރެކްރޫޓްކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ރެކްރޫޓްކޮށްފައިވީ ސްކޫލްތަކުންނާއި ޑިޓެންޝަން ސެންޓަރުތައް ފަދަ ތަންތަނުން ކަމަށެވެ. އަދި އެ ކުދިން ކިޑްނެޕްކުރުމާއި ފައިސާާ ދީގެން ހައްލާލުމުގެ ކަންތައް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

މިދިޔަ ޖޫން މަހާއި 2015 ވަނަ އަހަރުގެ ޖޫން މަހާ ދެމެދު އުމުރުން 13 އަހަރއި 17 އަހަރުގެ 34 އަންހެން ކުދިން ރެކްރޫޓްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން އެ ކުދިން ބޭނުންކޮށްފައި ވަނީ ޖާސޫސް ކުރުމަށާއި ހޫތީންގެ އަންހެން ހަނގުރާމަވެރިންގެ ގޮފި "ޒައިނަބިއްޔަތު"ގައި ހިމެނުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ތެރެއިން 12 ކުއްޖަކުން ގަދަކަމުން ކައިވެނިކުރުވާފައިވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓްގައި ބުނީ ޔަމަން ހަނގުރާމާގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން ވެސް އިންސާނީ ހައްގުތަކަށް އަަރައިގަންނަމުންދާ ކަމަށެވެ. ހާއްސަކޮށް ސައުދީން ދޭ ވައިގެ ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުން ނުހުއްޓޭކަން ވަނީ ފާާހަގަކޮށްފަ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް