ބަންގްލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯގެ ކެނަބިސް އަތުލައިގެންފި

ރޭ އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް

ބަންގްލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން 4.4 ކިލޯގެ ކެނަބިސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ރޭ ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ ލަގެޖު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަށް ޝައްކު ކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ އަގު 3.5 މިލިއަނަށް އަރާނެ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ޖުމްލަ 4.448 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް