ގުރައިދޫ ބިން ހިއްކުމުގެ 20 ޕަސެންޓް ނިމިއްޖެ

ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޓީސީސީ

ކ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 22 ޕަސެންޓް ނިމިފައިވާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިންހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ އެވެ.

މިއީ ގުރައިދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ފަށާފައިވާ މަޝްރޫއެކެވެ.

މަޝްރޫއުގެ އަގަކީ 85.9 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް