އަތިރިން ވެލި ނެގި ފަތުރުވެރިޔަކު 1،200 ޑޮލަރުން ޖޫރިމަނާކޮށްފި

ފަތުރުވެރިޔަކު ޖޫރިމަނާކޮށްފައިވަނީ ސާޑީނިއާގެ އަތިރިން ވެލި ނެގުމުން ---- ފޮޓޯ : ސާޑެންގާ

އިޓަލީގެ ރަށެއް ކަމަށްވާ ސާޑީނިއާގެ އަތިރިމަތީން ވެލި ގެންދަން އުޅުނު ފަތުރުވެރިޔަކު 1،200 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ފްރާންސްގެ ޓުއަރިސްޓެއް ވަނީ އޭނާގެ ލަގެޖާއެކު ސާޑީނިއާގެ އަތިރިމަތީން ނެގި ވެލި ގެންދަން އުޅެފަ އެވެ. އޭނާގެ ލަގެޖުގައި ހަތަރު ޕައުންޑުގެ ވެލި ހުއްޓެވެ.

ސާޑީނިއާގެ އަތިރިމަތީގައި ހުންނަ ވެއްޔަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެގޮތުން އެ ވެލި ނަގައިގެން ގެންދާ މީހުން ޖޫރިމަނާކުރުމުގެ އިތުރުން އެއްބައި ފަހަރަށް ޖަލަށްވެސް ވަނީ ލާފަ އެވެ.

ފުލުހުން ބުނިގޮތުގައި މައުލޫމާތު ހާމަކޮށްފައި ނުވާ ފަތުރުވެރިޔާ އަތުލައިގެންފައިވަނީ ކެގްލިއޭރީ އެލްމާސް އެއާޕޯޓުން މި މަހުގެ އެއްވަނަ ދުވަހުގައެވެ. އޭނާ ވެލި ގެންދަން އުޅެފައިވަނީ ފުޅިއަކަށް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

ސާޑީނިއާގެ އައިލެންޑް ފޮރެސްޓް ރޭންޖްގެ ތަރުޖަމާނެއް ވިދާޅުވިގޮތުގައި އެ ވެލިތައް ވަނީ އަތުލައިގަތުމަށްފަހު ވަކި ހާއްސަ ކޮޓަރިއެއްގައި ބަހައްޓާފައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންމެ އަހަރެއް ނިމޭއިރު ގިނަ އަދަދަކަށް ވެލި އެގޮތަށް އެއްކުރެވިފައިވާ ހުރެ އެވެ.

ސާޑީނާގެ އަތިރީން ވެލި ނެގުން މަނާކޮށް ގާނޫނެއް ހަދާފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި އެގޮތަށް ވެލި ނަގާ ފަރާތްތަކުންނަށް ޖޫރިމަނާގެ ގޮތުގައި 600 ޑޮލަރާއި 3،550 ޑޮލަރާ ދެމެދުން ނަގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު