ޖޭއެސްސީގެ މެމްބަރުކަމަށް ނާސިހު އައްޔަން ކުރައްވައިފި

ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ނާސިހާ ހަވާލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ މަގާމަށް ނާސިހް އައްޔަންކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނުގެ ގެ ތިން ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ނާސިހް އައްޔަންކުރެއްވުމުގެ ކުރިން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، އޭނާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައި ނާސިހަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

comment ކޮމެންޓް