އޭދަފުށީ މަގުތަކުގައި ތާރުއަޅައި ނިމިއްޖެ

އޭދަފުށި މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިއްޖެ އެވެ.

އެއާއެކު އެރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 22،942 ސްކޮޔާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ 34.4 މިލިއަން ރުފިޔާގެ މަޝްރުއެކެވެ.

އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 22 އޭޕްރިލް 2019 ގަ އެވެ.

comment ކޮމެންޓް