ޕާކިސްތާނުގައި ކުޑަކުއްޖަކު ކިޑްނެޕްކޮށް އަންދާލައިިފި

ޕާކިސްތާނުގެ ކަރާޗީގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ކިޑްނެޕްކޮށް އަންދާލައިިފައި އޮއްވާ ފެނިއްޖެއެވެ.

މަރުވާ ނަމަކަށް ކިޔާ އެ ކުއްޖާ އަންދާލައި ފޮތިގަނޑަކުން އޮޅާލުމަށް ފަހު ބާއްވައިފައި އޮތީ ކުރިން ކިރު އުފައްދަމުން އައި ޕްލާންޓެއްގައެވެ.

އެ ކުއްޖާ ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކުރި މީހާއާމެދުވެސް މިހާރު ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.

މަރުވާގެ ބައްޕަ އުމަރު ސޯދިގު ބުނީ އޭނާގެ ދަރިފުޅު ގެއްލުނީ މިދިޔަ ހުކުރު ދުވަހު ފިހާރަައަކަށް އެއްޗެއް ގަންނަނަ ދިޔަފަހުން ކަމަށެވެ.

ފުލުހުން ބުނީ މަރުވާގެ ހަށިގަނޑު އަންދާލީ ކޮންމެވެސްކަމެއް ފޮރުވުމުގެ ބޭނުމުގައި ކަމަށްބެލެވޭ ކަމަށެވެ. އަދި އޭގެ ސަބަބު ޕޯސްޓުމޯޓަމް ހެދުމަށްފަހު އެނގޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވާގެ ކާފަ ބުނީ އެ އާއިލާއާ އެހެން އެއްވެސް ބަޔަކާ އެއްވެސް ކަހަލަ ދުޝްމަންކަމުގެ ނިޔަތެއް ނޯންނަ ކަމަށެވެެ.

މަރުވާގެ އާއިލާގެ މީހުން ފަހުން ވަނ އެ މައްސަލައިގައި ހަ ގަޑިއިރު ވަންދެން މުޒާހަރާވެސްކޮށްފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ޑީއެންއޭ ސާމްޕަލްތައް މިހާރު ވަނީ ލެބޯޓަރީއަށް ފޮނުވައިފައެވެ.

މީގެ ކުރިން ޕާކިސްތާާނުގައި ޒައިނަބް ކިޔާ ކުޑަކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފައި އޮއްވާ ފެނުނެވެ. ފުލުހުން ވަނީ ޒައިނަބްގެ ގާތިލް ހޯދައި އޭނާ ދަންޖައްސައިފައެވެ.

comment ކޮމެންޓް