ރެޑްވޭވުން ޓްރެޑްމިލްގެ އާ ސްޓޮކެއް ގެނެސްފި

ރެޑްވޭވުން ޓްރެޑްމިލްގެ އާ ސްޓޮކެއް ގެނެސްފި އެވެ.

ރެޑްވޭވުން ބުނީ ކޮވިޑްގެ ފުރަބަންދަށްފަހުރެޑްވޭވް ގެ ދުވާމެޝިން ނުވަތަ ޓްރެޑްމިލްގެ ޑިމާންޑު ބޮޑުވި ކަމަށެވެ.

ސްޓޮކް ހުސްވެ، ޓްރެޑްމިލްގެ ގެ އާ ސްޓޮކެއް ގެނެސްފައިވާއިރު، ރެޑްވޭވުން ބުނީ ޓްރެޑްމިލްތައް ހުސްވެގެންދިޔުމާއި އެކު ގިނަ އަދަދެއްގެ ކަސްޓަމަރުންތިބީ މުދާ އެނބުރި ލިބިގެންދާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.

އެގޮތުން އަދި ގިނަ ކަސްޓަމަރުން ޓްރެޑްމިލް އަށް ޕްރިއޯޑަރުވެސް ދިން ކަމަށް ރެޑްވޭވުން ބުންޏެވެ.

ޓްރެޑްމިލް ގެ ތިން ސައިޒެއް މިފަހަރުވެސް ގެނެސްފައިވާނެ ކަމަށް އެ ކުންފުނިންް ބުންޏެވެ. ރެޑްވޭވުން ބުނީ އެ ކުންފުނިން ބަލަނީ ވީހާވެސް އަތްފޯރާ ފަށުގައި ޓްރެޑްމިލްގެ އަގުތައް ބެހެއްޓުމަށް ކަމަށެވެ.

އަގަށް އައި ބަދަލާއި އެކު ރެޑްވޭވުން ވިއްކާ ޓްރެޑްމިލް އަކީ ރާއްޖޭގެ މާކެޓްގައި އެންމެ އެޔޮއަގުގައި ލިބިގެންދާ ޓްރެޑްމިލްގެ ރޭންޖަށް ވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

comment ކޮމެންޓް