ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް ދިރާގުން ތައާރަފުކުރަނީ

"ސްމާޓްބީންސް އިންކް" އާއި "ލިއާ އިންކް" ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ރާއްޖެއަށް ތައާރަފުކުރަން ދިރާގުން ނިންމައިފިއެވެ.

ވޫހޫ އަކީ އާޓިފިޝަަލް އިންޓަލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް "ވޮއިސް ކޮމާންޑް" އަކުން އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ކުރެވޭނެ ވަސީލަތެކެވެ.

މިއީ ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށް ކަސްޓަމަރުންނާއި ފަތުރުވެރިންނަށް އިތުރު ހިތްހަމަޖެހުމާއި ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ބޭނުންމުގައި ސިލިކޯން ވެލީގެ ކުންފުންޏެއް ކަމަށްވާ ސްމާޓް ބީންސް އިންކް އިން ތައްޔާރު ކުރި، އެވޯޑް ހާސިލްކޮށްފައިވާ އެންޓަޕްރައިޒް އޭއައި އެސިސްޓެންޓެކެވެ.

ވޫހޫގެ ވޮއިސް އޭއައި އެސިސްޓެންޓުންގެ ސްޕީކަރުން (ޖޭބީއެލް އިން ފޯރުކޮށްދީފައިވާ) ގެސްޓުންނަށް ފަސޭހަކަމާއެކު ޑިވައިސްއާ ވާހަކަ ދައްކައިގެން ނުވަތަ ވޮއިސް ކޮމާންޑް މެދުވެރިކޮށް ބޭނުންވާ ކަންތައްތައް ކުރެވޭނެއެވެ.

އެގޮތުން ރޫމް ސާވިސްއަށް އޯޑަރު ކުރުން، މިއުޒިކް، ރޫމްގެ ޓެމްޕަރޭޗަރު ކޮންޓްރޯލްކޮށް ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ވޫހޫގައި މިހާރު 40 އަށް ވުރެ ގިނަ ހޮސްޕިޓަލިޓީ ސޮލިއުޝަންސް ހިމަނާފައިވާއިރު އޭގެ ތެރޭގައި އިން-ރޫމް އޮޓޮމޭޝަން، ހައުސްކީޕިން، ޕްރޮޕަޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ހިދުމަތްތައް ހިމެނެއެވެ.

ލިއާ އިންކް އިން ފޯރިކޮށްދީފައިވާ ވޫހޫ 3ޑީ ޓެބްޕެލެޓްސް އަކީ ވޫހޫ ވޮއިސް އެސިސްޓެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޑިވައިސްއެކެވެ. އަދި މިއީ 3ޑީ ލައިޑްފީލްޑް ޓެބްލެޓްގެ އެންމެ ފުރަތަމަ ޓެބެލެޓްވެސް މެއެވެ. މި ޓެބްލެޓް މެދުވެރިކޮށް އަސްލާ އެއްގޮތަށް، 3ޑީ ކޮށް މަންޒަރުތަކާއި ފޮޓޯތައް ބަލާލެވޭނެއެވެ. އަދި މި ހާއްސަ ޓެބްލެޓް ބޭނުން ކުރުމަށް އެއްވެސް ހާއްސަ 3ޑީ އައިނެއް ފަދަ އެއްޗެއް ބޭނުން ނުވާނެއެވެ. ލިއާ އިންކް އަކީ ދުނިޔޭގައި މޯބައިލް ޑިވައިސްތަކަށް ލައިޓް ފީލްޑް ޓެކްނޮލޮޖީ އެންމެ ފުޅާދާއިރާ އެއްގައި ފޯރުކޮށްދޭ ކުންފުންޏެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެވެސް ހޮސްޕިޓާލިޓީ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ބޮޑު ހީނަރުކަމެއް އައިސްފައިއެވެ. އަދި ލޮކްޑައުން އުވާލާ، ދަތުރު ފަތުރު ކުރުމުގެ ހުއްދަ ލިބުނު ކަމުގައި ވީ ނަމަވެސް، ކުރިން އޮތް ގޮތަށް ޓުއަރިޒަމް ދާއިރާ އެނބުރި ދިޔުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައިއެވެ. އެހެން ކަމުން، މި ދާއިރާ އަލުން އަނބުރާ ގެނެސްދިނުމުނަށް މަގުފަހިކޮށްދިނުމުގެ ގޮތުން، "ވޫހޫ" ފަދަ ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް ވާނީ މުހިންމު ވަސީލަތަކަށެވެ. ވޫހޫ ބޭނުންކުރުމުން އެކަކު އަކެނެކަކާ ކޮންޓެކްޓް ވުން މަދުވެ، ގައިދުރުކަން އިސް ކޮށް، ގެސްޓުންގެ ބޭނުންތައް ވަރަށް ފަސޭހައިން ވޮއިސް ކޮމާންޑަކުން ކޮށްލެވޭނެތީއެވެ.

މިކަމާ ގުޅޭގޮތުން ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރު ވިދާޅުވީ ސްމާޓް ބީންސް އިންކް އަދި ލިއާ އިންކްއާއި ގުޅިގެން ދިރާގުގެ ހޮސްޕިޓަލިޓީ ކަސްޓަމަރުންނަށް، އެ ފަރާތްތަކުގެ ގެސްޓް އެކްސްޕީރިއަންސް ޑިޖިޓައިޒް ކުރުމަށް ކޮންޓެކްލެސް ވޮއިސް އެސިސްޓެންޓެއް ތައާރަފު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވޫހޫގެ ސަބަބުން ފަތުރުވެރިންނަށް ރިސޯޓްތަކުގައި، ރޫމް ސަރވިސް އަދި މުނިފޫހިފިލުވުން ފަދަ ތަފާތު ކަންތައްތަކުގައި އިތުރު ލުއި ފަސޭހަތަކާއި، ހިންހަމަޖެހުމާއި ރައްކާތެރިކަން ލިބި، ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވިއެވެ.

ސްމާޓްބީންސް އިންކް ގެ ޗީފް އިނޮވޭޝަން އޮފިސަރު ހިމާންޝޫ ކައުލް ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާ ގުޅިގެން ރާއްޖެއަށް "ވޫހޫ" ތައާރަފު ކުރެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް ކަމަށާއި ވޫހޫ އަކީ ނެކްސްޓް ޖެނެރޭޝަން ކޮގްނިޓިވް އޭ.އައި ބޭނުން ކުރާ ވަސީލަތެއް ކަމުގައި ވުމުން، ވޫހޫ މެދުވެރިކޮށް ހޮސްޕިޓާލިޓި ދާއިރާގެ ވިޔަފާރިތަކަށް، ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ދެވޭނެ ކަމަށެވެ.

ލިއާ އިންކް ގެ ފަރާތުން އެ ކުންފުނީގެ ކޯ ފައުންޑަރު އަދި ސީއީއޯ ޑޭވިޑް ފަޓާލް ވިދާޅުވީ ހޮސްޕިޓަލިޓީ ދާއިރާއަށް ލައިޓްފީލްޑް އިމޭޖިނަރީ ތައާރަފުކުރެވުމުން އުފާކުރާ ކަމަށާއި ވޮއިސް ކޮމާންޑާއި ހޮލޮޖްރަފިކް އިންޓަރެކްޝަންތައް މެދުވެރިކޮށް ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދު ކުރާކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި މިއަދު ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕަރޓްނާޝިޕް ތަކަކީ މިކަމުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް