ވީޑިއޯ: ވިހެއުމަށްފަހު ކުރަންވީ މި ކަސްރަތުތައް

ވިހެއުމަކީ ގުދުރަތީގޮތުން އަހަރެމެން އަންހެނުންގެ ހަށިގަނޑު ތައްޔާރުކުރެވިފައިވާ ހާއްސަ ކަމެކެވެ. 9 މަސްދުވަސް ވަންދެން ތުއްތު ދަރިޔަކު ބަނޑުގައި ބާއްވާ އަދި ވިހައި ނިމޭއިރު، ހަށިގަނޑަށް އެތަކެއް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިކަމާއި އެއްބަޔަކު މާބޮޑަށް ވިސްނައި އަދި މާޔޫސްވެއެވެ. ނަމަވެސް ހަގީގަތަކީ ކުޑަ ހިތްވަރަކާޢި އެކު އެނބުރި ތިމާގެ ކުރީގެ ބަރުދަނަށްވެސް ދެވޭނެކަމެވެ. އަދި ކުރީގެ ލޫޅާފަތި ހަށިގަނޑު ހޯދުމަކީވެސް ހަމަ ކުރެވިދާނެ ކަމެއް ކަމެވެ.

ފުރަބަންދު ވޯކްއުޓްގައި މިއަދު މި ގެނެސްދެނީ ".. ތަކެކެވެ. މިއީ ވިހެއުމަށްފަހު 3 މަހުގައި ކަސްރަތު ކުރަން ފުރަތަމަ ފަށާދުވަސްވަރު ކުރުން އެދެވިގެންވާ ކަސްރަތުތަކެކެވެ. މިއަދުގެ އެޕިސޯޑު ގެނެސްދެނީ ޑރ. ރަނާ އަހްމަދު ހަމީދު އެވެ. ރަނާއަކީ މި ދާއިރާއިން ހާއްސަކޮށް ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނިންގް ފުރިހަމަކޮށްފައިވާ އިންސްޓްރަކްޓާއެކެވެ.

މިއަދުގެ ކަސްރަތުތަކަކީ؛

  • ޓޭބަލް ބަޓާފްލައި
  • ބަޓާފްލައި ބްރިޖް
  • ޓްރައިޕޮޑް ޑޮންކީ ކިކްސް
  • އެޑަކްޓާ ލިފްޓް
  • ހީލް ސްކުއީޒް ލިފްޓް
  • ހީލް ސްކުއީޒް ބަޓާފްލައި

މި ކަސްރަތުތައް ކޮށްލުމަށް ބޭނުންކޮށްފައިވަނީ މެޓްއަކާއި ރެސިސްޓަންސް ބޭންޑެކެވެ. ރަނާ ވިދާޅުވަނީ ލައިޓް ނޫނީ ހެވީ ރެސިސްޓަންސް ބޭންޑެއްވެސް މި ކަސްރަތުތަކަށް ކަމުދާނެ ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އަލަށް ކަސްރަތު ކުރަން ފަށާއިރު، މި ކަސްރަތުތައް ކުރަން އުނދަގޫނަމަ އެންމެ ރަނގަޅީ ބޭންޑާއި ނުލައި މި ހަރަކާތްތައް ގެނައުމަށް ފަރިތަ ކޮށްލުމެވެ.

މި ކަސްރަތުތަކުގެ މައިގަނޑު ބޭނުމަކީ ބަނޑާއި ފޫކޮޅުގެ މަސްތައް ވަރުގަދަކޮށް ޓޯން ކުރުމެވެ. އަދި ވިހެއުމަށްފަހު އަލަށް ކަސްރަތު ކުރަން ފަށާއިރު ވީހާވެސް ލުއިގޮތަކަށް ފެށުން ވެގެންދާނީ ތިމާއަށްވެސް ހިތްވަރެއް ލިބި ކުރިއަށްދާން މަގުފަހިކޮށްދޭނެ ކަމަކަށެވެ.

މިއިން ކޮންމެ ކަސްރަތެއްވެސް 10 ރެޕްސް ގެ 3 ރައުންޑް ކުރެވިދާނެ އެވެ. މާބަނޑު ދުވަސްވަރުނަމަ އެދެވިގެންވަނީ ދެވަނަ، ތިންވަނަ، އަދި ހަތަރުވަނަ ކަސްރަތު އެކަނި ކުރުމެވެ. އެހެންނަމަވެސް ތިމާގެ ހާލަތަށް ބަލައި ކަސްރަތު ކުރުމުގައި އަބަދުވެސް ޑޮކްޓާރެއްގެ ލަފައާޢި އިރުޝާދުތައް ހޯދުން މުހިންމެވެ.

comment ކޮމެންޓް