އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ރޮބަޓް--

މަޝްހޫރު ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން 34، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކްޓަރު ރޮބަޓް ޕޮޒިޓިވްވުމާއެކު އޭނާ މަސައްކަތްކުރަމުން ދިޔަ ޕްރޮޖެކްޓްތައް ވެސް ވަނީ ވަގުތީގޮތުން މިހާރު މެދުކަނޑާލައިފަ އެވެ. "ދަ ބެޓްމޭން" ގެ ޝޫޓިން ލަންޑަނުގައި ކުރިއަށް ދަނިކޮށް ޕޮޒިޓިވްވި އެކްޓަރު މިހާރު ފަރުވާކުރަމުން އަންނައިރު ފިލްމުގެ ކްރޫގެ މެމްބަރެއް މިހާރު ހުރީ ސެލްފް އައިސޮލޭޝަނުގައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ރޮބަޓް ޕެޓިސަން އާއެކު ބެޓްމޭންގެ ޝޫޓިން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. ކޮވިޑާ ގުޅިގެން ފިލްމުގެ ޝޫޓިން ފަސްވިއިރު މި ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރަށެވެ.

އެކްޓަރު ރޮބަޓް މަޝްހޫރުވީ "ޓްވިލައިޓް"ގައި އޭނާ ކުޅުނު ރޯލުންނެވެ.

comment ކޮމެންޓް