އައްޑޫގެ ދޮންދީނި އާބާދީ ބަލަން ސާވޭއެއް

ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ދޮންދީނި -- ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫގެ ދޮންދީނި އާބާދީ ބެލުމަށް ސާވޭއެއް ކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމައިފި އެވެ.

އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އައްޑޫގައި ދޮންދީނީގެ އާބާދީ ބަލަން ހަދާ ސިޓިޒަން ސާވޭއެއްގައި ބައިވެރިވުމަށް ހުޅުވާލައިފަ އެވެ.

އައްޑޫގެ ރައްޔިތުންނަށް އަމާޒުކޮށް އައްޑޫ ބަހުން ކުރި އެ ޓްވީޓުގައިވާ ގޮތުން ކޮންމެ މީހަކުވެސް ޖެހޭނީ އެ މީހެއްގެ ހޯދުންތައް އޮންލައިންކޮށް ހުށަހަޅާށެވެ.

ސާވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމެއް ފުރިހަމަކޮށް، ހުށަހެޅުމަށް އީޕީއޭއިން އެދެ އެވެ.

މި ސާވޭ ކުރިއަށްގެންދަން ހަމެޖެހިފައި ވަނީ މި މަހުގެ 15 އިން ފެށިގެން 30 އަށެވެ.

މީގެ ކުރިންވެސް ދޮންދީނީގެ އާބާދީ ބަލަން އީޕީއޭއިން އައްޑޫގައި ސާވޭތައް ކުރިއަށްގެންގޮސްފައިވެ އެވެ.

ދޮންދީނި އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫންޏެވެ. އެ ދޫނި ރާއްޖޭގައި އެންމެ ގިނައިން ފެންނަން ހުންނަނީ އައްޑޫއިންނެވެ.

comment ކޮމެންޓް