ހެރީ އާއި މޭގަން ކުންފުންޏެއް އުފައްދައި ނެޓްފްލިކްސްއަށް

ޕްރިންސް ހެރީ އަދި މޭގަން---

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސި ޝާހީ އާއިލާގެ ލަގަބުތަކާއި މަސައްކަތްތަކުން އެއްކިބާވެ، ޝާހީ އާއިލާއާ ވަކިވުމަށް ފަހު ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި، ކޮންޓެންޓު ރިލީޒްކުރުމަށް ޕްރޮޑަކްޝަން ލޭބަލް އެއް އުފައްދައި، ނެޓްފްލިކްސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން ޝާހީ އާއިލާއިން ވަކިވެވަޑައިގަތުމަށާއި މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް ނިންމެވީ މިއަހަރުގެ ކުރީކޮޅުގަ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ކުރީން ބުނި ގޮތުގައި މޭގަން އާއި ޕްރިންސް ހެރީ މަސައްކަތް ކުރައްވަމުން ދަނީ ހޮލީވުޑްގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް "ސިއްރު" ޕްރޮޖެކްޓެއްގެ ހިޔާލުދީ އެ ޕްރޮޖެކްޓު އަސްލަށް ގެނެވޭނެ ގޮތެއް ހޯދުމަށެވެ.

ނަމަވެސް ދާދި ފަހުން ހާމަކޮށްފައިވާގޮތުގައި ޕްރިންސް ހެރީ އާއި މޭގަން ވަނީ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދާފައެވެ. އަދި ނެޓްފްލިކްސް އާ ގުޅިގެން އެ ޕްރޮޑަކްޝަނުން ޑޮކިއުމެންޓްރީ އާއި ފިލްމު އަދި ސްކްރިޕްޓެޑް ޝޯތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިންސް ހެރީ އާއި މޭގަން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެ ޕްރޮޑަކްޝަނުން އުފައްދާ ކޮންޓެންޓުތަކަކީ އާއިލާތަކާ ގުޅޭ ކޮންޓެންޓްތަކަށް ވާނެ ކަމަށެވެ.

ޝާހީ އާއިލާއާ ވަކިވުމަށް ފަހު ހޮލީވުޑް އަށް އެނބުރި ނުދާނެ ކަމަށް މޭގަން ވަނީ މީގެކުރީން ހާމަކޮށްފަ އެވެ. އެހެންނަމަވެސް ފަހުން މޭގަން ވިދާޅުވީ، އެކަމަނާ ހުންނެވީ ފިލްމު އަދި ޕޮޑްކާސްޓު ފަދަ ކޮންޓެންޓު އުފެއްދުމަށް ބޭނުންވެލައްވާ ކަމަށެވެ.

comment ކޮމެންޓް