ހަނިމާދޫ މަގު ހެދުމުގެ 65 ޕަސެންޓް ނިމިއްޖެ

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެ މަޝްރޫއުގެ ދަށުން ޕޭވްމެންޓު ހެދުމުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގުމަށް 16،518 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކޮށް، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރާނެއެވެ.

މީގެެ އިތުރުން 19,679.7 އަކަމީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރާނެއެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.

comment ކޮމެންޓް