41 ރަށުގައި ކޮވިޑްގެ 90 ކޭސް

މެއި 27، 2020: ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން ރަށްރަށަށް ދާ މީހުންގެ ތެރެއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރާ މީހުންގެ ރިލީޒް ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 90 މީހަކު ރާއްޖޭގެ 41 ރަށެއްގައި އެބަތިބި ކަމަސް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މީހުން ދިރިއުޅޭ 41 ރަށެއްގައި 90 ކޭސް އަދި 16 ރިސޯޓެއްގައި 45 ކޭސް މިވަގުތު އެބައޮތެވެ.

ރިސޯޓުތަކުން މިވަގުތު 16 ފަތުރުވެރިންނާއި 29 ސްޓާފަކު ޕޮޒިޓިވް ވެފައިވެއެވެ.

ރަށްރަށުގައި މިވަގުތު ހުރި ޕޮޒިތިވް ކޭސްތަކަށް ބަލާއިރު ހަތް ބިދޭސިންނާއި 87 ދިވެއްސަރު ވަނީ ޕޮޒިޓިވްވެފައެވެ.

ކ. ހިންމަފުށިން ޕޮޒިޓިވްވި ދެ މީހަކު އެރިޔަދޫ އަައިސޮލޭޝަން ފެސިލިޓީގައި ތިބިއިރު ދުވާފަރުން ޕޮޒިޓިވްވި 81 އަހަރުގެ މީހަކަށް ބ. އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ދެންތިބި މީހުން ތިބީ ހޯމް އައިސޮލޭޝަނުގައެވެ.

ކޮވިޑު ޕޮޒިިވް މީހުން ތިބި ރަށޤރަށުގެ ތެރެއިން ގދ ތިނަދޫ އާއި ދ ކުޑަހުވަދޫ އަދި ދ މާއެނބޫދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 199މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރެއިން 31 ކޭހަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން 168 މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 8،003 އަށް ވަނީ އަރައިފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،703 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،395 މީހުން ތިބިއިރު، އެޑްމިޓް ކޮށްގެން 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ހުއްޓުވުމުގެ މީޑިއާ ކެމްޕެއިން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ސަން މީޑިއާ ގްރޫޕްގެ އެކްޓިން ސީއީއޯ އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަތުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ޒުވާނުންގެ އަތް މަތީގައި ކަމަށާއި އެންމެ ގުޅިގެން މަސައްކަތް ކޮށްގެން މިކަން ހުއްޓުވައި ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

"އެހެންވީމަ މިއަދު ތިބޭފުޅުން ކުރި މަސައްކަތެއްގެ ނަތީޖާއިން އަޅުގަނޑުމެންގެ ސީނިއާ ސިޓިޒަނުން ރައްކާތެރި ބައެއްގެ ގޮތުގައި ބައިތިއްބެވޭނީ،" ހިރިގާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، މި ކެމްޕެއިންގެ ތެރެއިން ކުރާނެ މައިގަނޑު މަސައްކަތަކީ ކުރިއަށް ވުރެން ބޮޑަށް މިބައްޔާ މެދު ރައްޔިތުން ހޭލުންތެރިކުރުން ކަމަށާއި އެކަން ކުރާނީ ހުރިހާ މީޑިއާތަކެއް ގުޅިގެން ކަމަށެވެ.

މިހާތަނަށް 5،265 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 150 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް 29 މީހަކު ރާއްޖެއިން ކޮވިޑް19ގައި ވަނީ މަރުވެފައެވެ.

comment ކޮމެންޓް