ފުޅަދޫ ބަނދަރުގެ 50 ޕަސެންޓް ނިންމާލައިފި

ފުޅަދޫ ބަނދަރު މަޝްރޫއު -- ފޮޓޯ/ އެމްޓީސީސީ

ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖުލައި މަހުގަ އެވެ.

މަޝްރޫއުގެ ބްރީފް:

  • 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
  • 108 މީޓަރުގެ ބޭރު ތޮށި ލުން
  • 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
  • 223 މީޓަރުގެ އެތެރެ ތޮށި ލުން
  • މޫރިންގ ބްލޮކްސް ލުން
  • ޕޭވްމަންޓް ހެދުން

ގާތްގަނޑަކަށް 48.2 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ މުއްދަތެކެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫޢއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 93 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

comment ކޮމެންޓް