އަލިފާނުގެ ހާދިސާއާ ގުޅޭ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު ބޮޑުތަކުރުފާނުމަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ބާއްވާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ކެފޭ ޓިއޯލޯ އާއި އެ ކެފޭއާ ޖެހިގެން ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތުގަ އެވެެ.

އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.

މިއަދު ހެނދުނު 10:00 ބާއްވަން ތާވަލުކުރި އެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ބައްދަލުކުރައްވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު (އެންޑީއެމްއޭ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކަމާ ބެހޭ ބޭފުޅުންނާ މެވެ.

comment ކޮމެންޓް