މާލީ ބަޣާވާތް: ބާރުތައް ހަވާލުކުރުމާ ގުޅޭ ގޮތުން ބާއްވަން އޮތް ފުރަތަމަ ބައްދަލުވުން ފަސްކޮށްފި

މާލީގައި ސިފައިން ފޯރިމަރަނީ--

މާލީގައި އެގައުމުގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތަށް ފަހު ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން ބާރުތައް ހަވާލުކުރުމުގެ ގޮތުން ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުން ފަސްކޮށްފި އެވެ.

މާލީގެ މިލިޓަރީ ލީޑަރުން ބުނީ އެ ބައްދަލުވުން ފަސްކުރީ ބައްދަލުވުން އޮގަނައިޒްކުރުމުގައި ދިވާވި ތަފާތު މައްސަލަތަކާ ހުރެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކޮށްފައި އޮތް އެ ބައްދަލުވުމަށް މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޖަމިއްޔާތަކުގެ އިތުރުން ކުރީގެ ހަނގުރާމަވެރި ގްރޫޕްތަކުގެ އިސް މީހުންނަށް އޮތީ ދައުވަތު އަރުވައިފަ އެވެ.

މިމަހުގެ 18 ވަމަ ދުވަހު މާލީއަށް ގެނައި ބަޣާވާތުގައި އެގައުމުގެ ސިފައިން ރައީސް އިބްރާހިމް ބުބާކާ ކެއިޓާގެ ބޮލަށް ފިސްތޯލަ ދިއްކުރައްވައި މަޖުބޫރުކުރައްވުމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ބާޣާވަތެއް ގެނައި އިރު ރައީސްގެ އިސްތިއުފާއަށް އެދި އެތައް ބަޔަކު ދިޔައީ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.

ބަވާތުގައި އިސްކޮޅް އުޅުނު ފަރާތްތަކުން ބުނީ ވެރިކަން ވައްޓާލީ ގައުމުގެ ހިންގުން ދޯދިޔާވެ މާބޮޑަށް ކަންތައްތައް ގޯސްވުމުން ކަމަށެވެ.

ބަޣާވާތަށް ފަހު އަސްކަރިއްޔާ އިން ބުނީ އަލުން ރައްޔިތުން ވެރިކަމެއް ގާއިމްކުރުމަށް އިންތިހާބް ބާއްވާނެ ކަމަށެވެ. ނަމަވެސް އިންތިހާބް ބާއްވާނެ ސީދާ ދުވަހެއް އޭރު ނުބުނެ އެވެ.

ބަޣާވާތާ ގުޅިގެން މާލީ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ ޖަމިއްޔާ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވަސް)އިން އެގައުމު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އަވައްޓެރި ގައުމުތަކުން ވަނީ އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ފައިސާގެ މުއާމާލާތްތައް ވެސް ހުއްޓާލައިފަ އެެވެ.

އެ ޖަމިއްޔާ އިން މިދިޔަ ހުކުރު ދުވަހު ވަނީ އެއް އަހަރުދުވަހުގެ ތެރޭގައި އިންތިހާބް ބާއްވައި ވަގުތުން ވަގުތަށް އިންތިގާލީ ސަރުކާރެއް ގާއުމްކުރުމަށް އަންގައިފަ އެވެ. އަދި އޭގެ ބަދަލުގައި މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލާނެކަމަށް ވަނީ ބުނެފަ އެވެ.-- އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް