އުރީދޫ އަތޮޅު ދުވުމަށް ތަރުހީބު ބޮޑުވެ، ދުވާ މުއްދަތު އިތުރުކޮށްފި

އުރީދޫ ވާޗުއަލް ރަންގެ ޕޯސްޓަރެއް--

އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން މިހާރު ކުރިއަށް ގެންދާ އަތޮޅު ދުވުމަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ އެ ދުވުން ކުރިއަށް ގެންދާ މުއްދަތު އިތުރުކޮށްފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މި ފަހަރު އެ ދުވުން ކުރިއަށް ގެންދަނީ ވާޗުއަލްކޮށެެވެ.

މިދިޔަ ހުކުރު ދުވަހު ފެށި ފަސް ކިިލޯ މީޓަރުގެ ދުވުމުގައި 5832 ބައިވެރިން ރަޖިސްޓްރީ ކޮށްފައިވާކަމަށް އުރީދޫއިން ބުންޏެވެ. އެ ދުވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ އިއްޔެގެ ނިޔަލަށެވެ.

ނަމަވެސް ދުވަމުގައި ބައިވެރިވި ބައެއް ފަރާތްތަތަކަށް ދުވުން ފުރިހަމަކުރެވިފައިނުވާތީ މާދަމާ ރޭ 12 ޖަހަންދެންް އެ ދުވުން ކުރިއަސް ގެންދަން ނިންމާފައިވާކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރުގެ ދުވުމުގެ ސްކްރީންޝޯޓެއް ޕޯޓަލްއަސް ފޮނުވާލުމުން ދުވުން ފުރިހަމަކުރާ ހުރިހާ ދުވުންތެރިންނަށް ވާޗުއަލް މެޑަލްވެސް ލިބެއެވެ.

އުރީދޫއިން ފެށި އަތޮޅު ދުވުމުގައި ވަނީ 15 ކިލޯ މީޓަރުގެ ވާޗުއަލް ރިލޭއެއްވެސް ބާއްވައިފައެވެ. އެ ދުވުމުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ބައިވެރިޔަކު ވަނީ ބައިވެރިވެފައެވެ. ދުވުން ފަށާފައިވަނީ ހއ. ތުރާކުނުންނެވެ. އެތަނުން ދުވަން ފެށި ދުވުންތެރިޔާ ދުވަން ކަނޑައަޅާފައިވާ ހިސާބު ނިމުމުން އެހެން އަތޮޅެއްގެ ދުވުންތެރިޔަކު ދުވެ ނިންމައިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް