95 ސަފާރީއެއް އޮޕަރޭޓުކުރުމުގެ ހުއްދަ ދީފި

ސަފާރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 95 ސަފާރީއަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި އެވެ.

މިދިޔަ މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން އަންނަން ފަށާފައިވާ އިރު ސަފާރީތަކަށް ވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވެ އެވެ. ނަމަވެސް ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމަށް ނަގަން ޖެހޭ ހާއްސަ ހުއްދައެއް ނެގުމަށް ފަހު އެވެ.

މިހާރު ހުއްދަ ދޫކޮށްފައި ސަފާރީތަކުގެ ތެރޭގައި އަންނަ މަހު އަދި އޮކްޓޯބަރު މަހު އޮޕަރޭޝަން ފަށާނެ ސަފާރީތައް ވެސް ހިމެނެ އެވެ.

ސަފާރީތަކަށް ފަތުރުވެރިން ގެނަ ނަމަވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށަކަށް ނުފޭބޭނެ އެވެ. އަދި އެ ފަތުރުވެރިންނަށް އިތުރު ރިސޯޓަކަށްވެސް ނުދެވޭނެ އެވެ. މީގެ އިތުރުން ޕީސީއާރު ޓެސްޓު ހެދުމަށްވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ރަށްރަށަށް ނުފޭބުމަށް ވަނީ އިލްތިލާސް ކޮށްފަ އެވެ.

ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ވަނީ ހާއްސަ ސްޓޭޝަނެއްވެސް ގާއިމްކޮށްފަ އެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ ހުޅުމާލެ ޕީސީއާރު ޓެސްޓިން ސްޓޭޝަނުން ޓެސްޓު ހެދުމަށް ކުރިއާލާ ޕްރީ ބުކިން ހެއްދޭނެ ކަމަށެވެ.

comment ކޮމެންޓް