ކޮވިޑާ ހެދި ރަންބީރު އާއި އާލިއާ މިއަހަރު ކައިވެނި ނުކުރާނެ

ރަންބީރު އަދި އާލިއާ: ދެތަރިން ކައިވެނިކުރާނީ އިޓަލީގައި ކަމަށް ހަބަރުތައް ބުނޭ---

ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި ފަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދެތަރިންގެ ކައިވެނީގެ ވާހަކަ 2018 ވަނަ އަހަރުން ފެށިގެން އަންނަނީ މީޑީއާތަކުގައި ދެކެވެމުންނެވެ. އާލިއާ އާއި ރަންބީރު އެންމެ ފުރަތަމަ ކައިވެނި ކުރަން ނިންމީ އަންނަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ކައިވެނި ޕާޓީ ބާއްވާނީ އިންޑިއާއިން ބޭރުގައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ނަމަވެސް އިންޑިއާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ އާއެކު ދެތަރިންގެ ކައިވެނި އަންނަ އަހަރަށް މިހާރު ވަނީ ފަސްކޮށްފަ އެވެ. އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ހަފްލާ ކުލަގަދަކޮށް ބޭއްވޭނީ ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވުމުންނެވެ.

ސަބަބަކީ އިންޑިއާގައި މިވަގުތު ބޮޑެތި އެއްވުންތައް މަނާކޮށްފައިވުމެވެ.

އާލިއާ އާއި ރަންބީރު އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަމާސްތުރާ" ރިލީޒްކުރާނީ ޑިސެމްބަރު ހަތަރެއްގަ އެވެ. ނަމަވެސް ކޮވިޑްއާ ގުޅިގެން ސިނަމާތަށް ބަންދުކުރުމުން މި ފިލްމު ރިލީޒްކުރުން ފަސްކޮށްފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރުއަކީ އޭނާގެ "ކްރަޝް"އެއް ކަމަށާއި ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެންވެސް ދެނުނުކަމަށް މީގެ ކުރިން ބުނެފަ އެވެ. އާލިއާގެ އިތުރުން ރަންބީރުވެސް ވަނީ އާލިއާއާ ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފަ އެވެ.

comment ކޮމެންޓް