ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދަން މީރާއަށް ދައުވާއެއް ނުކުރެވޭނެ: ހުކުމް

ރިސޯޓުތަކާއި ޓޫރިސްޓް ހޮޓަލާ ގެސްޓް ހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ(މީރާ) އަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ ގިރާވަރު ޓޫރިސްޓް ރިސޯޓުން ސަރުކާރަށް ދައްކަން ޖެހޭ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން މީރައިން ކޮށްފައިވާ ދައުވާއާ ގުޅިގެނެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދު އިއްވެވި ހުކުމުގައި ބުނަނީ ރިސޯޓުތަކާއި ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސްތަކުން ސަރުކާރަށް ދައްކަން ޖެހޭ ފީއާއި ޖޫރިމާނާއަކީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނު ބުނާގޮތުން ޓެކްހަކަށް ނުވާތީ އެ ފައިސާ ނެގުމުގެ ބާރު މީރާއަށް ލިބިގެން ނުވާ ކަމަށެވެ.

ރިސޯޓްތަކާއި ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހަދަން ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާއި ބެހޭ ގަވާއިދުގައި އެ ފައިސާ ނެގުމުގެ ބާރު މީރާއަށް ލިބިދީފައި ވެއެވެ.

ނަމަވެސް ޝުޖޫން އިއްވެވި ހުކުމްގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީއަށް ގާނޫނީ ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގެ ޒަރިއްޔާއިން، ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކަށް ރައްޔިތުންގެ މަޖިލީހުން ލިބިދީފައިވާ ބާރާ އިހްތިސާސްގެ ތެރެއަށް އިތުރު ކުރެވޭނެ ޖާގައެއް އޮތް ކަމުގައި ބެލެވޭނެ އެއްވެސް ގާނުނީ އަސާސެއް ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު