ޗައިނާ އަދި އަަރަބި މަހުޖަނުން ސައިޕްރަސްގެ ޕާސްޕޯޓް ގަންނަނީ

ސައިޕްރަސްގެ ޕާސްޕޯޓް--

ޗައިނާ އަދި އަަރަބި މަހުޖަނުން ސައިޕްރަސްގެ ޕާސްޕޯޓް ގަންނަ މައްސަލަ ފެންމަތިވެއްޖެ އެވެ.

އަލްޖަޒީރާ ނޫހުން ކުރި އިންވެސްޓިގޭޝަނަކާ ހަވާލާދީ އެ ނޫހުން ބުނީ ޕާސްޕޯޓް ގަންނަނީ އަރަބި އަދި ޗައިނާގެ ގައުމުތަކުގައި ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ކަމަށެވެެ.

އަލްޖަޒީރާއަށް ލިބިފައިވާ ޑޮކިއުމަންޓްތަކެއް ކަމަށް ބުނެ އެއާ ހަވާލީދީ އެ ނޫހުން ބުނީ ސައިޕްރަސްގައި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރުމުން 350 އަރަބިންނާއި 500 ޗައިނާގެ މީހުން ސައިޕްރަސްގެ ސިޓިޒަންޝިޕް ދޭން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށެވެ.

ނަަމަވެސް ސައިޕްރަސްގެ ސަރުކާރުން ބުނީ އަލްޖަޒީރާގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ސައިޕްރަސްގައި ވަކިވަރަކަށް އިންވެސްޓްކޮށްގެން އެގައުމުގެ ރައްޔިތުކަން ލިބޭ ގޮތަށް ހަމަޖެއްސީ އެގައުމަށް މިފަހުގެ އަހަރުތަކުގައި ކުރިމަތިވި ވަރުގަދަ އިގްތިސާދީ ކާރިސާތަކާ ގުޅިގެންނެވެ. ސައިޕްރަސްގެ އިންޓީރިއާ މިނިސްޓަރު މީގެ ކުރިން ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ދަތި ދުވަސްތަކަށް ލުޔެއް ލިބުނު ކަމަށެވެ.

ވަކި ވަރަކަށް އިންވެސްޓްކުރުމުން ގްރެނާޑާ މޯލްޓާ އަދި ޑޯމިނިކާގެ ސިޓިޒަންޝިޕް ވެސް ލިބެ އެވެ.-- އަލްޖަޒީރާ/އަލްއަރަބިއްޔާ

comment ކޮމެންޓް