އެފް-13 ވިއްކަން ދެކޮޅުހަދާތީ ޔޫއޭއީ އިން އިސްރާއިލާ އެކު ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކޮށްފި

ޔޫއޭއީ އާއި އެމެރިކާގެ އޮފިޝަލުން މަޝްވަރާ ކުރަނީ --

އެމެރިކާ އިން ޔޫއޭއީއަށް އެފް-13ގެ ހަނގުރާމަމަތ ފައިޓާ ޖެޓްތައް ވިއްކަން އިސްރާއިލުން ދެކޮޅު ހަދާތީ ޔޫއޭއީ އާއި އިސްރާއިލާ ދެމެދު ބާއްވަން ނިންމާފައިވާ ބައްދަލުވުން ޔޫއޭ އީން ކެންސަލްކޮށްފި އެވެ.

މީގެ ކުރިން އެމެރިކާ އިން ވަނީ އިސްރާއިލް، ޖަޕާން އަދި ދެކުނު ކޮރެއާއަށް އެ ވައްތަރުގެ ފައިޓާ ޖެޓްތައް ވިއްކައިފަ އެވެ.

ބައްދަލުވުން ކެންސަލްކުރި އިރު ދާދި ފަހުން އެމެރިކާ މެދުވެރިވެގެން އިސްރާއިލާއި ޔޫއޭއީ އިން ވަނީ ރަސްމީކޮށް ގުޅުން ވެސް ގާއިމްކޮށްފަ އެވެ.

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ޔޫއޭއީއާ ގުޅުން ގާއިމްކުރިއިރު އެމެރިކާއިން ޔޫއޭއީއަށް އެޕް-13ގެ ބޯޓުތައް ވިއްކަން ފެހި ސިގްނަލް ނުދޭ ކަމަށެވެ. އަދި މެދުއިރުމަތީގައި އިސްރާއިލްގެ ބާރު އަބަދު ވެސް އޮންނާނެ ގޮތަށް މަސައްކަތް ކުރައްވާނެކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ އެކްސިއޮސްއިން ބުނީ ބައްދަލުވުން ކެންސަލްކުރީ ނަތަންޔާހޫގެ ވާހަކަތަކާ ގުޅިގެން ޔޫއޭއީ އިން އިސްރާއިލަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ. އެފް-13ގެ މައްސަލާގައި އެމެރިކާގެ ކޮންގްރެސްގެ ބޭފުޅުންނާ އެކު ވާހަކަތައް ދައްކަވާނެ ކަމަށް ނަތަންޔާހޫ ސީދާ ވިދާޅުވެފައިވާތީ ޔޫއޭއީ އިން ވަރަށް ބޮޑަށް ރުޅި އައިސްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ މިހާރު ވެސް އުޅުއް ވަނީ ޔޫއޭއީ އިސްރާއިލުން ރަސްމީކޮށް ގުޅުން ގާއިމްކުރުމުގެ ކަންތައް ޕްރޮމޯޓްކުރެއްވުމުގަ އެވެ.

ޕޮމްޕޭއޯ މިދިޔަ ހޯމަ ދުވަހު ވިދާޅުވީ މެދުއިރުމަތީގައި އިސްރާއިލްގެ ފުރިހަމަ ބާރު ދެމި އޮންނާނެގޮތް ހައްދަވާނެ ކަމަށެވެ.--އަލްޖަޒީރާ--

comment ކޮމެންޓް