10 ޖެނުއަރީ 2012

ދަރިފުޅު ގޮވައިގެން ޔޫހާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސުމުންނެވެ. އެދެމައިންގެ ހަރަކާތްތައް ބަލަން ކާރުގައި އިން ޒައުލް ކާރު ދުއްވާލުމަށް ޖަމާލުގެ ގާތުގައި ބުނީ ލޮލުކޮޅަށް ޔޫހާ އާއި ކިޔާން ގެއްލުނު ފަހުންނެވެ.
"ގެއަށްތޯ ދާންވީ" ޖަމާލު އަހާލިއެވެ.
"ނޫން އަދި ގެއަށް ދާކަށްނުވޭ، ޔޫހާ އުޅ ޭގެއަށް ޖަމާލްއަށް ދާން އެނގޭނެތަ؟" ޒައުލް ފަހަތު ސީޓުގައި ހަމަޖެހިލާފައި އަހާލި އެވެ.
"ލައްބަ ކުޑަސާހިބް، އެގެއަށް ގެންގޮސްދޭންވީތޯ" ފަހަތު ސީޓުގައި އިން ޒައުލް އާއި ދިމާލަށް އަރިއަކަށް އެނބުރިއިން ޖަމާލު ބުނެލިއެވެ.
"ހޫމް..." ޒައުލް ބޯޖަހާލަމުން ހޫންލައްވާލ ިއެވެ. އެއާއިއެކު ވަގުތު ބޭކާރު ކުރުމެއްނެތި ޖަމާލު އަވަސް އަވަހަށް ކާރު ދުއްވާލައިފ ިއެވެ. އެކިމަގުތަކަށް އަޅަމުން ދުއްވާއެއްޗިއްސާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަލަމުންގޮސް ޖަމާލު ކާރުގެ ދުވެލި މަޑުކޮއްލީ މާލޭގެ އާދައިގެ ވަރެއްގެ މަގަކަށް ވަދެފައެވެ.
"ކިހިނެއްވީ؟" ކާރުގެ ދުވެލި މާމަޑުވުމުން ޒައުލް އަހާލިއެވެ.
"ކުޑަސާހިބް، އެއީ އެގެއަކީ... ގްރީން ދޮރުލާފަ..." ޖަމާލު އިނގިލީގެ އިޝާރާތުން ޒައުލްއަށް ދައްކާލި އެވެ.
"ތަންކޮޅެއް ދުރުގައި، އެހެންނަމަވެސް އަހަންނަށް އެގ ެފެންނަ ހިސާބުގައި ކާރު ޕާކުކޮއްލަދީ... މިހާކަން ހިސާބު ރަނގަޅު ކަންނޭގެ، އަދި ޔޫހާއަކަށް ގެއާއި ހަމައަކަށް ނާދެވޭނެއެއްނު" ޒައުލް ބުނެލި އެވެ. ޖަމާލު ހައިރާންކަމާއިއެކު ޒައުލްގެ އެންގުމަށް ކިޔަމަންވަމުން އޭނަ އެދޭގޮތަށް ކަންތައްކުރަމުންދިޔ ައެވެ. މިފަހަކަށް އައިސް ޒައުލް ޔޫހާއަށް ދ ސަމާލުކަން ޖަމާލްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަގެ ސިކުނޑިއަށް ނުވިސްނިގެން އުޅެނީ އެންމެ ކަމެކެވެ. އެހާ ޒަމާންވަންދެން މަންސޫރު އާއިލާގައި މަސައްކަތް ކުރިއިރު ޒައުލްގެ ފަރާތުން މިފަދަ ހަރަކާތެއް ދުވަހަކުވެސް ފެނިފައިނުވުމެވެ. އަދި ޖަމާލް ހީކުރާ ގޮތުގައި ޔޫހާ އަކީ މީހަކާ އިނދެގެން އުޅޭ ދަރިއަކު ވެސް ހުންނަ އަންހެނެކެވެ. އެފަދަ އަންހެނެއްގެ ފަހަތުން ޒައުލް އުޅުމީ އޭނަގެ ޠަބީޢަތާއި މުޅިން ހިލާފުކަމެކެވެ. ވީއިރު ޔޫހާގެ އަމިއްލަ ނަފްސާއިގެން އޭނަ ދޫކޮއްނުލާ އަބަދު ފަހަތުން އުޅެންވީ ސަބަބެއް އޭނަގެ ވިސްނުމަކަށް ނައެވެ. އާއިލާއަށް މިއިން އެއްވެސް ކަމެއް އެނގިއްޖެނަމަ ވާނެގޮތްވެސް ޖަމާލްއަށް އެނގެއެވެ. މަންސޫރު އާއިލައިން ގަބޫލު ކުރާވަރުގެ އެއްވެސް ސިފައެއް އެއަންހެން ކުއްޖާއަށް ލިބިފައެއް ނެތެވެ. ވީއިރު އެފަދަ އަންހެން ކުއްޖަކާ އެހާވަރުން ގުޅުން އުފައްދަން ޒައުލް އެ މަސްކަތްކުރަނީ ކީއްވެކަން އޭނަވެސް އެނގެން ބޭނުންވެއެވެ. ޒައުލްގެ ޚާއްޞަ ނޯކަރެއްގެ ގޮތުގައި ހުރެ އޭނަ އެކަކުގެ ކައިރީވެސް އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ގަސްދެއްނުކުރެއެވެ. އެހެނީ އޭނައަކީ ވަފާތެރި ހާދިމަކަށްވީކަމެވެ. ޔޫހާއަކީ މީހެއްގެ އަންބެއްކަނ ވެސް އަދި ދަރިއަކު ހުންނަކަން ވެސް ޒައުލްއަށް އެނގެއެވެ. އެގުޅުން ކުރިއަށް ގެންދަންވިޔަސް އަދި ވަކިހިސާބަކުން ގުޅުން ކަނޑާލަން ބޭނުންވިޔަސް އެއީ ޒައުލްގެ އަމިއްލަ ކަމެކެވެ. އެންމެ ރަނގަޅުވާނީ އެފަދަ ކަންތައްތަކަށް އެއްޗެއް ނުބުނުންކަން ޖަމާލް އަމިއްލައަށް ވިސްނައިގަތެވެ.

ޒައުލް މޮޔައަކުހެން މިހާރު ޔޫހާއަށް ފާރަލަން ފެށީހޭ އޭނަގެ އަމިއްލަ ޒަމީރު ބުނެލިއެވެ. އިސްތަށިގަނޑުގައި އަތ ްހާކާލަމުން ކަރުގައި އޮތް ޓައި ދޫކޮއްލިއެވެ. އަދި ދެއަތުން މޫނުގައި އަތްހާކާލާފައި މަގުގެ ދެކޮޅުބަލާލި އެވެ. ޔޫހާގެ އެއްވެސް ނިޝާނެއް ފެންނާކަށް އަދިނެތެވެ. ފަސްވަރަކަށް މިނެޓު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނުމަށްފަހު ބުރަކަށި ދަމާލިއެވެ. އެންމެފަހުން ކަރުގައި އޮތް ޓައީ ވެސް ނަގައި ލައިގެން އިން ގަމީހުގެ ކަރުގޮށް ނައްޓާލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަގަޑި ބައިވަނީއެވެ. އޭނަ އެތަނުގައި އިންނަތާ ދިހަ މިނެޓު ވެއްޖެއެވެ. އަދި ކިހާއިރަކު ކެތްކުރަންޖެހޭނެ ބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭރު ހައިވެއްޖެކަމުގެ ސިގްނަލްވެސް ބަނޑުން ދޭންފަށައިފިއެވެ. މިއީ އަދި އޭނައަށް ވާނެކަމެއްނޫންކަން ސިކުނޑި ވިސްނާދޭން ފެށިއެވެ.

"ދެން ދަނީ.... މާދަން އަންނާން" ސިޓިން ރޫމު ދޮރުން ނުކުތް އީލާކްގެ ރަޙުމަތްތެރިންގެ ތެރެއިން ރޮޒޭން ބުނެލިއެެވެ.
"ތެދެއް މާދަން އަންނާން، ވަރަށް ޓަޔަޑްވެސް ވެއްޖެ" ޝުދުފާ ބުނެލިއެވެ. އެމީހުންނާއިއެކު ހުރި ނަހުލާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލައިގެން ހުއްޓެވެ.
"މާމާ، ކޮބާތޯ ލިލިތު، އަދިވެސް ކާރެއް ނުނެރޭ" އީލާކް އޭނަގެ ރަޙުމަތްތެރިން ގެއަށް ފޮނުވާލަން ބޭނުންވީ ގޭކާރުގައި ކަމަށްވީތީ ސޯފާއިން ތެދުވި ލާއިގާއަށް ބުނެލިއެވެ.
"އާނާ، އާނާ... ލަލިތު ގާތު ބުނެފިންތަ، އެކުދިން އެތިބީ މިހާރު ދާންވެގެން ނުކުމެ" ލާއިގާ ގޭގައި ގެންގުޅޭ ކުއްޖާ އާނާއަށް ގޮވާލާފައި ބުނެލިއެވެ.
"ލައްބަ، މެޑަމް، ލަލިތު ބޭރަށް ނުކުތީ" ބަދިގެ ފަރާތުން ދުވަމުން ކަހަލަ ގޮތަކަށް ނުކުތް އާނާ ބުނެލިއެވެ.
"ދަރިފުޅާ، މާމަ މިދަނީ ނަމާދަށް އަރާލަންވެގެން... ލަލިތު ގަރާޖުގަ ކާރު ނެރެނީކަންނޭނގެ" ލާއިގާ ސިޓިން ރޫމުގެ ކަނެއްގައި ބަހައްޓާފައި ހުރި އަސާރީފާޑުގެ ބޮޑު ގަޑިއަށް ބަލާލާފައި ބުނެލިއެވެ.
"އޯކޭ މާމާ" އީލާކް ހިނިތުންވެލަމުން ބުނެލިއެވެ. އަދި އޭނަގެ ރަހުމަތްތެރިންނާއި ވާހަކަ ދައްކަންފެށ ިއެވެ.

ކޮޓަރީގައި އޮތް ލޫލުއާގެ ކަންފަތުން އެންމެ ހިނދުކޮޅަކަށް ވެސް ފޯނެއް ނުނެއްޓެވެ. އިރުއިރުކޮޅާ ރަކިގޮތަކަށް ހީލާއަޑު އިވޭނެއެވެ. ދުވަހަކުވެސް އޭނައަށް ކުރެވެމުންދިޔަފަދަ އުފާވެރި ހިތްގައިމު އިޙްސާސްއެއް މީގެ ކުރިން ކުރެވިފައެއްނުވެއެވެ. ހިތުގެ މައްޗަށް އޮތް ބާރު މަޑުމަޑުން ދޫވަމުން ގޮސް ގެއްލިއްޖެއެވެ. ނުސީދާ ބަސްތަކުން އެތަކެއް ވާހަކައެއް ދެކެވެމުންދިޔަ އެވެ. ހާޒިމްގެ ސަމާސާތައް އޭނައަށް އެހާވެސް ކަމުދަނީ އެވެ. ކޮއްލާ ކުޑަކުޑަ އިޝާރާތްތަކާއި ބަލާލާ ކޮންމެ ބަލާލުމަކުން ކޮންމެވެސް ވާހަކައެއް ލޫލުއާއި ދައްކާކަން ގައިމެވެ. ގިނަ ފަހަރަށް ރަކިވެ އިސްޖަހާލެވެނީ އެހެންވެއެވެ. އޭނަ މޮޔަވަނީބާއޭ އަމިއްލައަށް ހިތަށް ނާރާ ރެއެއް ނުދެއެވެ. ނިދީގަ އާއި ހޭލާ ހުންނައިރުވެސް ހުވަފެން ފެންނަ ވާހަކަ މިހާރު އޭނައަށް ގަބޫލުކުރެވެއެވެ. އޭނަގެ ވަށައިގެންވާ ދުނިޔެ ކަމުގައި ހާޒިމްވަނީ ވެފައެވެ. އެހާވެސް އެހިތްވަނީ ޒުވާން ހާޒިމްއާއި ގަޔާވެފައެވެ.
"ބިންނާކަށެއް އެހެންމަލެއް ބޭނުން މިއަދު ނެތޭ، ފެންދީގެނެއް އެހެން ގަހެއް ހައްދާ ހިތެއްނެތޭ، ލޯގޮސްމަގޭ އެކަރުގަނޑަށް ހިންގާލީ ވޭލައިން، ލޯބިން ފުރާކަށެއް ހިތެއްގައި ތަންފުކެއް ނެތޭ، ފުރިހަމަކަމާއެކީ އެހާ، ފަރިވާއިރުން އެމާ، ވެރިޔާކަމަށް ޚުކުމްކުރާ، ވާހިތް ވަކިން ވޭތޭ، ގެންދާށެ އޭ ވަޔާ މަގޭ، ރޫޙާއި ނަފްސުވެސް، ގެންދާގޮތަށް ވަހާއެކީ، ގޮތުގައި ކަމޭ ހިތާ، ލިބުމުގެ ޝަރަފު ހުވަފެންގޮތުން ލިބުމަށްފަހުން ވަކިން، ލިބިގަންނަހިތް މުޅިންއެކީ، ވާ އޭ އަމާނަތޭ، އަމުދުން މިއަދު ހިތަށް ލިބޭ، ރޫޙަށްވިޔަސް ތެދޭ، ތިމުރާލި ޙަރަކާތެއް ގޮތަކުން އެހެންނެތޭ، މުއްސަނދިކަމެއް މަތިވެރިނަމެއް، ގޮތަކުން ލިބުން އެހެން، ވިއްސެންވިޔަސް ސަހަރާތެރޭ ބޭނުން އަދަކު ނެތޭ، މީ ފޮނި ބަހެއްނޫނޭ ބުނާ، ވީ އެކަނިވެރި އަނާ، މިއޭ އަރާމަކީ އެދޭ ހެކިތައް، ދެކޭ ނެތޭ، ނުއެދޭނަމޭ ނުބަލާނަމޭ، އެކި ގުލްޝަނުން މަލެއް، ނުމެވޭމެއޭ އަޅާލެވޭ، ރޫޙެއް ޔަޤީން ވެތޭ، މިގުލްޝަން ދިރުން ލިބޭ މިބުނާ ގޮތުން ހެދޭ، އޭ ބުލްބުލޭ ޝިފާއުދޭ، ނޫނީ އެއީ ހިތޭ، ބޭނުން ޣިޒާއަކީ އެއީ ރޫޙާއި ހިތަށް މަގޭ، ބޭނުން ވަކިން ވެވޭހެން، ފިނިފެންމަލެއް ނެތޭ..." ހާޒިމް ފޯނުން މޮޅު ޅެންބައިތެއް ބުނެލިއެވެ. އެއާއިއެކު ލޫލުއާގެ ރަކި ހީލުމުގެ އަޑު އަނެއްކާވެސް ކޮޓަރިއަށް ފެތުރިގެންދިޔައެވެ.

"ހެ ހެ ހެ، ހާޒިމް އަންހެން ކުދިން އިމްޕްރެސް ކުރުމަށް ބޭނުންކުރާ އުކުޅަކީ ތީތަ؟ އެހެންވިޔަސް ބުނަން، އައި އެމް އިމްޕްރެސްޑް... އަހަންނަށް ޕޮޔަޓްރީ ވަރަށް ކަމުދޭ، މިހާރުގެ ތަހުޒީބީ މުޖުތަމައުގައި އުޅެބޮޑުވާ ޒުވާނުންގެ ފަރާތުން ތިފަދަ ކަމެއް ފެނުމަކީ ނާދިރުކަމެއް....ހާޒިމް ވަރަށް ތަފާތު، ކީއްވެތަ؟" ލޫލުއާ އެނދުގައި ފުރޮޅިލަމުން ބުނެލިއެވެ.
"ލޫލުއާ ކަހަލަ ޖިންސުއްލަތީފުން ފެންނަ ފިރިހެނެއްގެ ހިތަށް ޅެންވެރިކަން ވެރިވުމަކީ ހައިރާންވާންވީ ވަރުގެ ކަމެއްނޫން، މީ އަދި ކުޑަ މިންވަރެއް....ލުއާ...އަހަރެންގެ އެދުމެއްވޭ، ވަރަށް ބޮޑު އެދުމެއް...އެއީ، ތިހިތާއި ހަމައަށް އަހަރެންގެ އަޑު ފޯރުން، ނިކަން ތިޔަ ހިތުގައި ލޯތްބާއިއެކު ފިރުމާލަމުން އަހާލަބަލަ، އަހަރެންގެ ހިތާ ގުޅޭނަންތޯ..." ހާޒިމްގެ އަޑުގައިވި ޖަޒުބާތު ލޫލުއާއަށް އިޙްސާސް ކުރެވެއެވެ.
"ހަމަ އަހަންވީތަ؟" ލޫލުއާ ސަމާސާކޮއްލަމުން ހާޒިމްގެ ހިތްތަޅުވާލިއެވެ.
"އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް؟" ހާޒިމް ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.

އިންތިޒާރަށް ނިމުމެއް އައީ ޒައުލްއަށް ދުރުން ހިނގާފައި އަންނަ ޔޫހާ އާއި ކިޔާން ފެނުމުންނެވެ. ހަމަޖެހިލަމުން އެދެމައިންނަށް ބަލަންފެށިއެވެ. ޔޫހާ އަށްވުރެ އޭނަގެ އަތުގައި ހިފައިގެން ހުރި ކިޔާންގެ ހަރަކާތްތަކަށް ޒައުލްއަށް ދެވޭ ސަމާލުކަން އިތުރުވިއެވެ. އޭނަގެ ސިކުނޑި ހާސްވެފައިވަނީ އެ ކުޑަކުއްޖާއިމެދުއެވެ. އެކުއްޖާގެ ބައްޕައަށް އޭނަ ވެދާނެތީއެވެ. އެކަން ޔަގީންކުރަން ވެސް އޭނަގެ ހިތް އެދެމުންދިޔަ އެވެ. އެކަމަކު ދެން ނަތީޖާ އަންނަ ގޮތަކުން ވާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ކާރު ޕާކުކޮއްފައި އޮތް ފަޅިނޫން އަނެއްފަޅިން ޔޫހާ ހިނގާފައިގޮސް ގެއަށްވަތް މަންޒަރު ބަލަން ޒައުލްއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނައަށް އެފަދަ ގޮތްތައްވަނީ ކީއްވެ ކަމެއް ނޭގެއެވެ. އެއީ ޖަވާބު ނުލިބޭ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ.

"ކުޑަ ސާހަބް، އެގެއަށް ވަންނަންތޯ" ޖަމާލް އަހާލިއެވެ.
"އެގެއަށް...އުހޫން، ގެއަށް ދާނީ...ގެއަށް ހިނގާ" ފުންހިޔާލުތަކަކުން ބޭރުވެ ހަގީގަތާ ކުރިމަތިލާ މީހަކު ފަދައިން ވިސްނަމުން ލަސްލަހުން ޒައުލް ބުނެލިއެވެ.
އެމީލީހިޔާއަށް ދިއުމަށް ދުއްވަމުންދިޔަ ކާރުގެ ފަހަތު ސީޓުގައި ކުޑަކޮށް ހަށިގަނޑު ދަމާލައިގެން ޒައުލް އިންއިރު އޭނަގެ ދެލޯވަނީ މަރާލެވިފައެވެ. ޒައުލް ވިސްނާ ވިސްނާ ވަރުބަލިވާވަރުވެއްޖެއެވެ. ޔޫހާ އެކަނި އުޅޭނަމަ ދެންމެ އޭނަ އައީހީ އެގެއަށް ވަދެފައެވެ. ޔޫހާ ނުރުހުނު ކަމުގައި ވިޔަސްއެވެ. އެ ނުރުހުންވެސް ޒައުލް ބަލައިންގަންނާނީ އުފަލުންނެވެ.

"ތިޔަ ހިތް ބަލައިގަނެފީމު..." ލޫލުއާ ބުނެލިއެވެ.
"ކީކޭ...އަދި އެއްފަހަރު ބުނެބަލަ... ލުއާގެ ހިތްބުނީ އެހެންތަ؟" ހާޒިމްއަށް ލިބުނު އުފަލާއިއެކު ދެވަނަ ފަހަރަށްވެސް ލޫލުއާގެ ޖަވާބު އަހާލަން ބޭނުންވިއެވެ.
"ހޫމް، ހިތްބުނީ ތިޔަ ހިތް ބަލައިގަނެފީމުއޭ..." ލޫލުއާ ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.
"ދޮންތާ..." ކުއްލިއަކަށް ލޫލުއާގެ ކޮޓަރި ދޮރުހުޅުވާލާފައި ވަތް އީލާކް ގޮވާލިއެވެ. އެއީ އޭނަގެ އާދައެވެ. ކޮޓަރީގެ ދޮރު ތަޅުނުލާ ހުރެއްޖެނަމަ ގޮވާލެވޭނީ ކޮޓަރިއަށް ވަދެވޭ ފަހުންނެވެ.
"ބާއްވަނީ، އީލާކް..." ލޫލުއާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އެމަންޒަރު އީލާކްއަށް ފެނުނެވެ.
"ދޮންތާ، ސުވާލެއް ކުރަންތަ؟" އީލާކް އަހާލިގޮތުނ ްވެސް އޭނަ އެއުޅެނީ ރަނގަޅު ވާހަކައެއް ދައްކާކަށް ނޫންކަން ލޫލުއާއަށް އެނގުނެވެ.
"ނޯ ނޯ...ދޮންތަ އަޑުއަހާކަށް ބޭނުމެއްނޫން..." ހިނިއައިސްފައި އެނދުން ތެދުވި ލޫލުއާ ބުނެލުއެވެ.
"ޕްލީޒް، ޕްލީޒް...އޯކޭ، އަޑު ނޭހިޔަސް މިބުނަނީ... ދޮންތަ ބޯއީ ފުރެންޑެއް ނެގީ ދޯ، އަހާބަލަ ކިހިނެއްތޯ އަޅުގަނޑަށް އެނގުނީ..." އީލާކްވެސް ހެމުން ބުނެލިއެވެ. އަދި ލޫލުއާގެ އެނދު މައްޗަށް ޖެހިގަތީ އަނބުރާ ގޮދަޑި އޭނަ ކޮއްޕާލާނެކަން އެނގޭތީ އާއިއެކު ހަމަ ގަސްދުގައެވެ. އެނދުގައި ތެޅިލަ ތެޅިލާ އިން އީލާކްއަށް ލޫލުއާ ބަލާލިއެވެ.
"ހޫމް ބުނެބަލަ، ކިހިނެއްތަ އެނގުނީ" ލޫލުއާ ނާހަން ހުރެފަވެސް އެހީ އީލާކް ދޫނުކުރާނެކަން އެނގޭތީއެވެ.
"ދޮންތަ އަބަދު ހުންނަނީ ފޯނަށް ބަލަބަލާ ވިއްޔަ... ޔޫ އަރ އިން ލަވް، އަޅެ ނޫންތަ، ފޯނު ބަލާކޮންމެ ފަހަރަކު ދޮންތަގެ މޫނު ރަތްވެގެން ދެއެއްނު، ބުނެއެއްނު ލޯބިވީމަ އެކަހަލަ އަސަރުތައް ފާޅުވާނެއޭ... ދެން ބުނެބަލަ، އަޅުގަނޑު މޮޅެއް ނޫންތަ" އީލާކްގެ ވާހަކައިން ލޫލުއާގެ ގާތަށް ވަރަށް ބޮޑަށް ހިނިއައެވެ.
"މޮޅޭ، މޮޅޭ...އީއްކޮ، ތީ މޮޅު ކުއްޖެއްވިއްޔަ... ނޭގޭ ކަމެއްވެސް މީނައަށް ނޯންނާނެ" ލޫލުއާ ހެމުން ހެމުން ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި ސުފުރާއާއި ދުރަށް ހުރިހާކުދިންވެސް ހިނގައިގަތެވެ. ލާއިގާ ޒައުލްއަށް ގޮވާލިއެވެ.
"ދަރިފުޅު ގާތު ވާހަކައެއް ދައްކާލަން ކަމަށް" ލާއިގާ ބުނެލިއެވެ.
"އަވަހަށް ބުނުއްވާ މާމާ" ޒައުލް ލާއިގާއަށް ބުނެލިއެވެ.
"މިތާކު ނޫން، މަތީ ޓެރެސްއަށް ދާނީ ދޯ... އަދި މާމަ މިކަންތައް ނިންމާލަން ކުޑަވަގުތުކޮޅެއްދީ" ލާއިގާ ތަށިތައް އެއްކޮއްލާ އާނާގެ އަތަށް ލާދެމުން ވާހަކަދެއްކިއެވެ.
"އަޅުގަނޑު ޓެރެސްގައި މަޑުކޮއްލާނަން، މާމަ ހަމަޖެހިލައިގެން މަސައްކަތް ނިންމާލާފައި އަޔަސް އެންމެ ރަނގަޅު، އަޅުގަނޑު މިރޭ ބޭރަށް ދާކަށް ނުވިސްނަން" ޒައުލް އިޙްތިރާމުގެ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

ގެންގުޅޭ ކުދިންނާއި މަސައްކަތްތައް ހަވާލު ކުރުމަށްފަހު އާދައިގެ މަތިން ދެންހަދަންވީ ކިހިނެއްކަންވެސް ހަނދާންކޮއްދެމުން ލާއިގާ ދިޔައެވެ. ކޮންމެ ކަމެއްވެސް ފަރުވާތެރި ކަމާއިއެކު ކުރުމަށް ބުނަމުންނެވެ. ޓެރެސްއަށް އެރި ލާއިގާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޓެރެސްގެ ހިޔާނުކޮށް ހުރި ބައިގައި ބްލޭންކެޓެއް ފަތުރާލައިގެން ބޯދަށަށް ކުޝަންއެއް ލައިގެން ޒައުލް އޮތެވެ. އޭނަގެ އަތްކައިރ ީވެސް އިތުރު ދެކުޝަން އޮތެވެ. ލާއިގާ އޭނަ އާއި ދިމާލަށް އަންނަކަމެއް ޒައުލްއަކަށް ނޭގެއެވެ. އެހެނީ އޭނަގެ ނަޒަރުވަނީ ޖަވާހިރުތަކެއް އުކާލެވިފައިވާ ކަޅުސާލެއްފަދައިން ފެތުރިފައިވާ އުޑާއި ދިމާލަށް ހުއްޓިފައެވެ. މަޑުމަޑު ފިނިކަމެއް އިޙްސާސް ކުރެވުނަސް ވައިޖެހޭ ފިނިރެއެއް ނޫނެވެ. އުޑުމަތިން މާގިނަ ތަރިތަކެއްވެސް ނުފެނެއެވެ. ޓެރެސްގައި ދިއްލާފައި ހުރި ލައިޓުތަކުގެ ސަބަބުން އެކަމަށް ހުރަސް އަޅަނީ ކަމުގައި ވެދާނެއެވެ.
"ޒައުލް..." ލާއިގާ ޒައުލްގެ ގާތަށް ހުއްޓެމުން ގޮވާލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު