އެފްރިކާ އިން ޕޯލިއޯ ނައްތާލައިފި

ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ--

އެފްރިކާ އިން ޕޯލިއޯ ބަލި ނުވަތަ ވާގި ނެތޭ ބަލި ނައްތާލެއްވިއްޖެ ކަމަށް އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން ބުނެފި އެވެ.

އެގޮތުން އެންމެ ފަހުން ޕޯލިއޯ ނައްތާލި ގައުމުގެ ގޮތުގައި ނައިޖީރިއާ ވަނީ ހިމެނިގެންގޮސްފަ އެެވެ. މީގެ 10 އަހަރެއްހާ ދުވަސްކުރިން މުޅި ދުނިޔެއިން ވެސް ފެންނަމުން ދިޔަ ޕޯލިއޯގެ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ކޭސްތައް ފެންނަމުން ދިޔައީ ނައިޖީރިއާއިންނެވެ.

އެ ބަލި ނައްތާލުމަށް ނައިޖީރިއާގެ އެންމެ ދުރު ސަރަހައްދުތަކަށް ވެސް ޓީމްތައް ފޮނުވައިގެން ވަނީ ވެކްސިންދީ ހަދައިފަ އެވެ. އެއާ އެކު މިހާރު އެފްރިކާގެ 95 ޕަސެންޓް ސަރަހައްދަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ.

އެފްރިކާ އިން ބަލި ނައްތާލުމާ އެކު ދުނިޔެ އިން ޕޯލިއޯ މިހާރު ނައްތާނުލެވެނީ ޕާކިސްތާން އަދި އަފްގާނިސްތާނުގައި އެކަންޏެވެ.

މީގެ 25 އަހަރު ކުރިން އެތައް ހާސް ކުދިންނެއް ޕޯލިއޯގެ ޝިކާރައަކަށް ވެފައިވެ އެވެ.

ޕޯލިއޯ އާންމުކޮށް ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. އަދި ނޭވާލަން ބޭނުންކުރާ މަސަލްސްތަކަށް އަސަރުކޮށްފި ނަމަ ބަލީގައި މަރުވެސްވެ އެވެ.

ޕޯލިއޯ އެކަކު އަނެކަކުގެ ގަޔަށް އަރަނީ ތަޣައްޔަރުވެފައިވާ ފެނުގެ ޒަރިއްޔާއިން އެވެ.

ޕޯލިއޯ ވައިރަސްގެ ވައިލްޑް ވައްތަރުގެ ދެ ސްޓެރެއިން މީގެ ކުރިން ނައްތާލައިފައިވާއިރު އެފްރިކާއިން ބަލި ނައްތާލުމުން ނައްތާނުލެވިއޮތް ތިން ވަނަ ޕޯލިއޯ ސްޓްރެއިން މިހާރު ވަނީ ނައްތާލެވިފަ އެވެ.-- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް