އެޕަލް އިން ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސްޓޯރު

އެޕަލް އިން އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ސްޓޯ --- ފޮޓޯ : ޖަވަން އެންޖީ

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި ކަމަށްވާ އެޕަލް އިން ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސްޓޯ އުފައްދާ، ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޕަލްގެ ދުނިޔޭގެ އެކި އައުޓްލެޓް ތަކަށް ދަނީ އެކި ވަރުގެ ގެއްލުންތައް ވަމުންނެވެ. އެހެންނަމަވެސް އެޕަލް އިން ދަނީ އިތުރު ޕްރޮޖެކްޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށަމުންނެވެ.

އެޕަލްއިން މިހާރު ތައްޔާރުވަމުން ދަނީ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސްޓޯ ހުޅުވުމަށެވެ. އެ ސްޓޯގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

"އެޕަލް މެރީނާ ބޭ ސޭންޑްސް"ގެ ނަމުގައި އަލަށް ހުޅުވާ ސްޓޯ ހުންނާނީ ސިންގަޕޫރުގަ އެވެ.

އެޕަލް އިން ބުނެފައިވަނީ އެ ސްޓޯގެ ރީތިކަން ފެންނާނީ ރޭގަނޑު އެތަން ދިއްލާލުމުން ކަމަށެވެ. އެގޮތުން ދުވާލު ގަޑީގައި އެ ސްޓޯ ފެނިގެންދާނީ ފެން މަތީގައި އޮންނަ ބޯޅައެއްހެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންނަމަވެސް ރޭގަނޑު އެ ސްޓޯ ފެންނާނީ މުޅިން އާދަޔާ ހިލާފު ގޮތަކަށް ކަމަށް އެޕަލް އިން ބުނެ އެވެ.

އަލަށް ސިންގަޕޫރުގައި ހުޅުވާ ސްޓޯއަކީ އެގައުމުގައި ހުޅުވާ އެޕަލްގެ ތިންވަނަ ސްޓޯރެވެ. އެޕަލް އިން އެންމެ ފުރަތަމަ ސްޓޯއެއް ސިންގަޕޫރުގައި ހުޅުވާފައިވަނީ 2017 ވަނަ އަހަރެވެ. އަލަށް އުފައްދާފައިވާ ފްލައިޓް ހުޅުވާނެ ވަކި ތާރީހެއް އެޕަލް އިން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް