އައްބާސީ ދައުލަތުގެ ދުވަސްވަރު ބޭނުންކުރި ރަންތަކެއް ހޯދައިިފި

1100 އަހަރުވީ ރަންތައް--

އައްބާސީ ދައުލަތުގެ ދުވަސްވަރު ބޭނުންކުރި ރަންތަކެއް އިސްރާއިލުގެ ޒުވާނުންތަކެއް ހޯދައިފި އެވެ.

އެ ރަންތައް ހޯދައިފައި ވަނީ އިސްރާއިލްގެ ގަދީމީ ތަނެއް ކޮންނަން އުޅުނު ވޮލަންޓިއަރުންގެ ބައެކެވެ.

އެގޮތުން ކްލޭއިން ޖަގެއްގައި ވަޅުލާފައި ހުރި 425 ރަން ފައިސާ ފޮތި ވަނީ ހޯދައިފަ އެވެ. ރަންތަކުގެ ބަރުދަނުގައި 845 ގްރާމް ހުއްޓެވެ. މިއީ އައްބާސީ ދައުލަތުގެ ދުވަސްވަރުގައި ނަމަ ވަރަށް ބައިވަރު ފައިސާ އެވެ. އަދި އޭގެން މުއްސަނދި ގެއެއް ގަނެލެވޭހާ ފައިސާއެވެ.

އިސްރާއިލްގެ އެންޓިކް އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނީ އެ ފައިސާ ވަޅުލާފައި ވަނީ އެ ތަކެތި ފަހުން ނަގަންކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އެ އޮތޯރިޓީ އިން އިތުރަށް ބުނީ އެހާ ގިނަ ފައިސާ އާކިއޮލޮޖިކަލް ސައިޓްތަކުން ފެނުމަކީ ނާދިރުކަމެއް ކަމަށެވެ. އަދި ރަނަކީ ވަރަށް އަގުހުރި އެއްޗަކަށް ވާތީ އެ ފައިސާއަކީ އަބަދު ވެސް ވިރުވައިގެން އަލުން ބޭނުންކުރާތަކެތި ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެތަކެތި ހޯދި ޒުވާނުން ބުނީ އެ ރަންތައް ފެނުމުން ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ. އަދި ފުރަތަމަ އެތަކެތި ނެގިއިރު ހީވީ ފަތްތަކެއްހެން ކަމަށާއި ނަމަވެސް ރަނގަޅަށް ބެލިއިރު އެެއީ ރަންކަން އެނގިފައިވާ ކަމަށް ބުންޏެވެ.-- ބީބީސީ--

comment ކޮމެންޓް