މަރުގެ އިންޒާރު ލިބޭތީ ޕޫޖާގެ އިންސްޓަގްރާމް ޕްރައިވެޓްކޮށްފި

ޕޫޖާ ބަޓް--

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓްގެ ދޮށީ ދަރިފުޅު ބަތަލާ ޕޫޖާ ބަޓަށް އިންޒާރު ދޭތީ، އޭނާގެ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓްކޮށްފި އެވެ.

އާލިއާ ބަޓްގެ ދައްތަ ޕޫޖާ ބަޓް ބުނީ އޭނާ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓްކުރަން މަޖުބޫރުވީ އޭނާއަށް އެކި ކަހަލަ އިންޒާރު ލިބެން ފެށުމުން ކަމަށެވެ. ޕޫޖާ ބުނީ އޭނާއަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށާއި ރޭޕްގެ އިންޒާރު ވެސް މީހުންގެ ފަރާތުން ލިބޭ ކަމަށެވެ. ސައިބާ ބުލީ ކުރުން މިހާރު އާންމުވެފައިވާ ކަމަށާއި އޭނާއަށް ވެސް އެކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ޕޫޖާ ވަނީ ބުނެފަ އެވެ.

ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ އެކު ބަޓް އާއިލާއަށް އާންމުންގެ ނުރުހުމާއި ނަފުރަތު އަންނަނީ ވަރަށް ބޮޑަށް ލިބެމުންނެވެ. އަދި އޭނާގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއްވާ ކަމަށް ވެސް ބަޔަކު ގަބޫލުކުރެ އެވެ.

ޕޫޖާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް އާއި އާލިއާގެ "ސަޅަކް 2" އިންނެވެ. އެ ފިލްމުގައި ސަންޖޭ ދަތު އާއި އަދިތްޔާ ރޯއީ ކަޕޫރު ވެސް ހަރަކާތްތެރިވާނެ އެވެ.

comment ކޮމެންޓް