190 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

މަސްތުވާތެކެތި ނައްތާލުން -- ފޮޓޯ/ޕޮލިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 190.15 ކިލޯގެ މަސްތުވާތަކެތި އިއްޔެ ނައްތާލައިފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ނައްތާލާފައި ވަނީ ދޫނިދޫގައި ކަމަށާއި އެ ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

އިއްޔެ ނައްތާލި މަސްތުވާތަކެއްޗަކީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނައްތާނުލެވި ހުރި، އެކި މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ 4،1926 ރަބަރު ޕެކެޓާއި 16،342 ސެލޯފިންކޮޅާއި 536 ފިލްމު ހުސްކުރި ދަޅާއި 911 ބްލެޓާއި 649 ބިޑި އާއި 2،334 ބޭސް ގުޅަ އަދި 25،146 އެހެނިހެން ތަކެއްޗެވެ. އެހެނިހެން ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނެ އެވެ.

މީގެއިތުރުން ނައްތާލި ތަކެތީގެ ތެރޭގައި 51.16351 ކިލޯ ގްރާމްގެ ހެރޮއިން އާއި 41.19352 ކިލޯގްރާމްގެ ކެނެބިސް އާއި 1.97 ގްރާމްގެ އެމްފެޓަމިން އާއި 3.05711 ކިލޯގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓް 173.88 ގްރާމްގެ ނައިޓްރަޒިޕާމް އާއި 113.66 ގްރާމްގެ އެމްޑީއެމްއޭގެ އިތުރުން 6.60065 ކިލޯގްރާމްގެ ކޮކެއިންއެވެ.

comment ކޮމެންޓް