ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ކްރައިމް ސީން ޓޭޕް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ހިންގި މާރާމަރީއެއްގެ މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ 10:30 އެހާކަންހާއިރު، ހުޅުމާލޭ ފްލެޓެއްގައި ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ހަތަރު މީހަކަށް އެކި ވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއްވެސް މީހަކަަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

މިއީ ކިހިނެއް ވެގެން ހިންގި މާރާމާރީއެއް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ރޭ 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް