އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ސަލާމަތީ މަޖިލިސް އެއްކޮށް ކަހަލަ ގޮތަކަށް ދެކޮޅު ހަދައިފި

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިމް ޕޮމްޕޭއޯ ސަލާމަތީ މަޖިލީހުގައި--

ލަންޑަން (އޯގަސްޓް 22) --- އިރާނާށް ދަތިކުުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ކުރި މަސައްކަތާ ދެކޮޅަށް ސަލާމަތީ މަޖިލީސް އެއްކޮށް ކަހަލަ ގޮތަކަށް ނުކުމެއްޖެ އެވެ.

ޔޫރަޕްގެ ބާރުތައް ހިމެނޭ ގޮތަށް އެމެރިކާއިން އީރާނާއެކު 2015 ވަނަ އަހަރު ނިއުކުލިއާ އެއްބަސްވުމެއް ގާއިމްކުރި އެވެ. ނަމަވެސް އެމެރިކާ އިން އެ އެއްބަސްވުމުން 2018 ވަނަ އަހަރު ވަކިވި އެވެ.

އެ އެއްބަސްވުމަށް އީރާނުން އަމަލުނުކުރާކަމަށް ބުނެ އަލުން އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ހުށަހެޅިތާ 24 ގަޑިއިރުތެރޭ ސަލާމަތީ މަޖިލީހުގައި ހިމެނޭ 13 މެމްބަރު ގައުމުމުން ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށް ސިޓީ ހުށަހަޅައިފަ އެވެ.

ސަލާމަތީ މަޖިލީހުގައި ޖުމްލަ 15 މެމްބަރު ގައުމު ހިމެނޭ އިރު، ސިޓީ ހުށަހެޅި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އެކުވެރި އިނގިރޭސިވިލާތާއި ފްރާންސް ޗައިނާ ރަޝިއާ ޖަރުމަނު ހިމެނެ އެވެ. މިހާތަނަށް ސިޓީ ހުށަހަޅާފައި ނުވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނީ ޑޮމިނިކަން ރިޕަބްލިކް އެކަންޏެވެ.

މެމްބަރު ގައުމުތަކުން ބުނީ އެމެރިކާ އިން އެ އެއްބަސްވުމުން ވަކިވެ އީރާާނުން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އަަޅަން މަސައްކަތްކުރުމުގެ ހައްގެއް އެމެރިކާއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ބުނީ ނިއުކުލިއާ އެއްބަސްވުން އެންޑޯޒްކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭ ކަމަށާއި އެހެންކަމުން އެގައުމަކީ އަދި ވެސް އެ އެއްބަސްވުމުގައި ހިމެނޭ ގައުމެއް ކަމަށެވެ.

އެ ގަރާރާ ގިނަ ގައުމުތަކުން ދެކޮޅު ހެދުމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި އެ އެގައުމުތަކުން އެމެރިކާގެ ބަދަލުގައި އީރާނާ ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮމްޕޭއޯ އިތުރަށް ވިދާޅުވީ އީރާނުން އެއްބަސްވުމާ ހިލާފުވެފައިވާތީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން އަންނަ އޮކްޓޫބަރު މަހު ހަމަވާތީވެ އެ ގަރާރު މުއްދަތު އިތުރަށް ދަންމާލަން މިދިޔަ ހަފްތާގައި އެމެެރިކާ އިން ކުރި މަސައްކަތަށް ވެސް ސަލާމަތީ މަޖިލީސް އެއްކޮށް ކަހަލަ ގޮތަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަލްޖަޒީރާ، ގާޑިއަން، ބީބީސީ

comment ކޮމެންޓް