ޗައިނާއިން އުފައްދާ ވެކްސިންގެ 50 މިލިއަން ޑޯޒް ގަންނަން އިންޑޮނީޝިއާ އިން ބުކްކޮށްފި

ޗައިނާގެ ސިނޮވަކްއިން އުފެއްދި ވެކްސިން ބްރެޒިލްގެ ޑޮކްޓަރަކު ހިފަހައްޓައިގެން-- ފޮޓޯ: އޭއެފްޕީ

ހަލުވިކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 އިން ދިފާއުވާން ޗައިނާއިން އުފައްދާ ވެކްސިންގެ 50 މިލިއަން ޑޯޒް ގަންނަން އިންޑޮނީޝިއާ އިން ކުރީބައިގައި ބުކްކޮށްފި އެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ރަތުނޯ މަރުސޫދީއާ ހަވާލާދީ ރޮއިޓާސް ނިއުސް އޭޖެންސީ އިން ބުނީ އެ ވެކްސިންގެ 50 މިލިއަން ޑޯޒް އަންނަ ނޮވެމްބަރާއި މާޗް މާޗް މަހާ ދޭތެރޭ ފޯރުކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

އެ ވެކްސިން އުފައްދަނީ ޗައިނާގެ ސިނޮވެކް ބަޔޯޓެކް ކުންފުނިންނެވެ. އަދި އެކަމުގައި އިންޑޮނީޝިއާގެ ސަރުކާރުގެ ކުންފުނި ބައޯ ފާމާއިން ވެސް ބައިވެރިވެ އެވެ.

އިންޑޮނީޝިއާގެ ސަރުކާރުގެ ކުންފުނި ބައޯ ފަރްމާއިން ބުނ އަންނަ ނޮވެމްބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް ކޮންމެ މަހަކު ޗައިނާގެ ކުންފުނިން 10 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާޗްގެ ފަހުން އެ ވެކްސިން އިންޑޮނީޝިއާގެ ބަޔޯ ފާމް ކުންފުންޏަށް ވެސް އުފެއްދޭނެ ކަމަށެވެ.

އެ ވެކްސިން އިންޑޮނީޝިއާގެ 1620 މީހަކަށް ދީގެން މިހާރު ދަނީ "ހިއުމަން ޓްރަޔަލްސް"ތައް ވެސް ކުރިއަށް ގެންދަމުންނެވެ.

އިންޑޮނީޝިއާގެ އާބާދީގައި 260 މިލިއަން ހިމެނޭއިރު އެގައުމުގައި މިހާތަނަށް 150،000 އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދިބަލީގައި 6500 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.-- ރޮއިޓާސް

comment ކޮމެންޓް