އަޑުއިވުމުން މަހުރޫމްވެފައިވާ ފަލަސްތީނުގެ 60 އަހަރުގެ މީހެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

އިސްރާއިލްގެ ސިފައިންތަކެއް--

ފަލަސްތީނުގެ ހުޅަނގު އައްސޭރި ސަރަހައްދިގައި ދިރިއުޅޭ އަޑުއިވުމުން މަހުރޫމްވެފައިވާ 60 އަހަރުގެ މީހެއްގެ ގަޔަށް އިސްރާއިލްގެ ސެކިއުރިޓީ ފޯސާސް އިން ބަޑިޖަހައި ޒަހަމްކޮށްލައިފި އެވެ.

އެ ހާދިސާ ހިނގައިފައި ވަނީ މިދިޔަ ހޯމަ ދުވަހު އިސްރާއިލުން ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓެއްގަ އެވެ.

އިސްރާއިލްގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮޒެންފީލްޑް ވިދާޅުވީ އެ މީހާގެ ކައިރީގައި މަޑުކުރަން ބުނި ކަމަށާއި ނަމަވެސް އޭނާ މަޑުނުކުރުމަށް ފަޔަށް ބަޑިޖެހީ ކަމަށެެވެ. އަދި ޒަހަމްވި މީހާއަކީ އަޑުނީވޭ މީހެއްކަން އެނގުނީ ފަހުން ކަމަށް ވެސް މިކީ ވިދާޅުވި އެވެ.

މީގެ ދެ މަސްކުރި އިސްރާއިލުން ވަނީ އޯޓިޒަމް ހުންނެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާވެސް ލައިފަ އެވެ. އޯޓިޒަމް ހުންނަ މީހަކަށް ވުމުން މުއާމަލާތްކުރަން ނޭނގި ހުއްޓަން ބުނުމުން ނުހުއްޓުމުން އިސްރާއިލްގެ ސިފައިން ވަނީ ނުރައްކާތެރި މީހެއްކަމަށް ބަލައި އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ.

ހޯމަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ނުކުޅެދޭ މީހުންގެ ހައްގުގައި އިސްރާއިލުގެ ފުލުހުން ބަޑިޖެހުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އިސްރާއިލްގެ ސެކިއުރިޓީ ފޯސްއިން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރާ ކަމަށް ފަލަސްތީނުގެ މީހުންނާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން އަބަދު ވެސް ބުނެ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް