އެއްމަހުން ވީއައިއޭގައި 764 އެއާ ޓްރެފިކް މޫމަންޓު

ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިދިޔަ މަހުގެ 15 ގައި ބޯޑަރު ހުޅުވާލިފަހުން ފާއިތުވި އެއް މަސް ތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 764 އެއާޓްރެފިކް މޫމަންޓު ރެކޯޑު ކުރެވިފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި 15 އިން އޮގަސްޓު 15 އަށް ވީއައިއޭގައި 399 އިންޓަނޭޝަނަލް މޫމަންޓް އަދި ޑޮމެސްޓިކް 365 މޫމަންްޓް ވަނީ ރެކޯޑު ކުރެވިފައެވެ.

މި މުއްދަތުގަި ޑޮމެސްޓިކް 3،480 އެރައިވަލްސް އަދި 4،323 ޑިޕާޗާސް ރެކޯޑު ކުރެވިފައިވާއިރު 7،607 އިންޓަނޭޝަނަލް އެރައިވަލްސްް އަދި 9،262 އިންޓަނޭޝަނަލް ޑިޕާޗާސް ރެކޯޑު ކުރެވިފައިވެއެވެ.

ކޮވިޑުގެ ސަބަބުން މާޗު 27 އިން ޖުލައި 14 އަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލުމުން ޖުލައި 15ގައި ބައިނަލްއަގުވާމީ ދަތުރުތައް ވަނީ ރާއްޖެއަށް ފަށައިފައެވެ.

އެގޮތުން އެމިރޭޓްސް، އިއްތިހާދު އަދި ސްރީލަންކަންގެ އިތުރުން ގަތަރު އެއާވޭސް އާއި ޓާކިޝް އެއާލައިނުން ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.

ކޮވިޑުގެ ކުރިން ވައިގެ ދަތުރުފަތުރުގެ ދާއިރާ ބާރަށް ހިނގަމުން ދިޔައިރު މި އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އެކަނިވެސް ވީއައިއޭގައި 811 އެއާޓްރެފިކް މޫމަންޓު ހިނގާފައިވެއެވެ.

ކޮވިޑުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ދާއިރާ މަޑުޖެހި، އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންނެވެ.

comment ކޮމެންޓް