ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ކޯޓު އަމުރަކުން ހައްޔަރުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށްކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު މެދުރާއްޖެތެރޭގެ ރަށަކުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލާގައި އުމުރުން 59 އަހަރުގެ މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށާޢި ކޯޓުއަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރާ މީހުންގެ ތެރެއިން އެ މައްސަލަތަކުގައި ދައުވާ އުފުލޭޭ މީހުންގެ ވަނަވަރުވެސް ހާމަކުރަމުންނެވެ.

comment ކޮމެންޓް