މީދޫ ބަނދަރުގެ 71 ޕަސެންޓް ނިމިއްޖެ

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 71 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫއުގެ ތެރެއިން އެ އަވަށުގެ އެއްގަމު ތޮށީގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު އެއްގަމު ތޮށި ލުމަށް ބޭނުންވާ ކެޕިންގް ބީމްގެ މަސައްކަތުގެ 52 ވަނީ ނިމިފަ އެވެ.

މި މަޝްރޫޢުގެ ދަށުން 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި، 621 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ވެެސް ކުރާނެ އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ 18 ސެޕްޓެމްބަރު 2019ގަ އެވެ.

comment ކޮމެންޓް