އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް

އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ

ހއ އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 22 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ ބަނދަރު މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. ފަޅުފުންކުރުމުގެ 46 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިންހިއްކުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 4,582 ސްކޮޔާ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 51.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި އެމްޓީސީސީ އާ މަޝްރޫއުހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019ގަ އެވެ.

comment ކޮމެންޓް