މާލެއިން ރިސޯޓަކަށް ދިއުމަށްފަހު އަލިފުށްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފި

ރ. އަލިފުށި -- ފޮޓޯ: އަލިފުށި އޮންލައިން

އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް ރަސްމީ ހުއްދައެއް ނެތި މާލެއިން ރިސޯޓަކަށް ގޮސް، އަދި އެތަނުން ރ. އަލިފުށްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ގޮސް އެ ދެމީހުން ތިބީ ހަދަމުންދާ ރިސޯޓެއްގައި ކަމަށެވެ. އަދި އެތަނުން ރ. އަލިފުށްޓަށް އެ ދެމީހުން ދިޔައީ މި މަހުގެ 15ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކު ރ. އަލިފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މުއްދަތު މަޖިލީހުގައި އެ ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

comment ކޮމެންޓް