ޖަޕާނުން ރާއްޖެއަށް މެރިން ޕޮލިޔުޝަން ރެސްޕޮންސް އިކުއިޕްމެންޓް ހަދިޔާކޮށްފި

މެރިން ޕޮލިޔުޝަން ރެސްޕޮންސް އިކުއިޕްމެންޓް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ނަމަ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ޖަޕާނުން ވަނީީ 43.3 މިލިއަން ރުފިޔާގެ އަގުހުރި ތަކެތިރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

އެ ތަކެތި ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯ އެވެ.

އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެގައުމުގެ ހާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މެރިން ޕޮލިޔުޝަން ރެސްޕޮންސް އިކުއިޕްމެންޓް ހަވާލުކުރުން -- ފޮޓޯ: އެމްއެންޑީއެފް

މިއަދު ހެނދުނު ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. މި ތަކެއްޗާ ރާއްޖޭގެެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ކޯސްޓުގާޑުގެ ފަސް އޮފިސަރަކަށް އޮއިލް ސްޕިލް ރެސްޕޮންސް ޓްރެއިނިން ދީފަ އެވެ.

comment ކޮމެންޓް