އެމްޑަބްލިއުއެސްސީ އިން ބާ ފެންމީޓަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ފެންމީޓަރު ބަދަލުކުރުމުގެ މަސައްކަތް ފެށުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭގެ ގޭގޭގައި ހަރުކޮށްފައި ހުރި ފެންމީޓަރުތަކުގެ ތެރެއިން ދުވަސްވެ ބާވެފައި ހުރި ފެންމީޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިއަދު ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ އެ ކުންފުނިން ހިދުމަތްދޭން ބޭނުންކުރާ ފެން މީޓަރުތައް އެއް ޔުނިފޯމިޓީ އަކަށް ބަދަލުކޮށް، ކުންފުނީގެ ސްޓޭންޑާޑް ދެމެހެއްޓުން ކަމަށެވެ.

ފެންމީޓަރުތައް ބަދަލުކުރުގެ ޕްރިގްރަމު ފެށުމުގެ މަސައްކަތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަހުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެއް އަހަރު ތެރޭ 15،000 މީޓަރު ބަދަލު ކުރާނެ ކަމަށެވެ.

ގޭގޭގައި ފެނުގެ ހިދުމަތް ދިނުމަށް ހަރުކޮށްފައި ހުންނަ ދުވަސްވީ މީޓަރުތައް ބަދަލުކުރުމަށް ހާޢްސަ ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން އިސް ނަގަންއިގެން ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މީގެ ކުރިން މީޓަރު ބަދަލުކޮށްދެނީ ކަސްޓަމަރު އެދުމުން ކަމަށާއި ނަމަވެސް ކުންފުނިން ފަށާ ޕްރޮގްރާމުގެ ދަށުން، ގޭގޭގައި ބާވެފައި ހުރި ފެން މީޓަރުތަކާއި ހަޑިވެފައި ހުރި މީޓަރުތައް ބަދަލުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން އޭރު ބުންޏެވެ.

comment ކޮމެންޓް