26 މީހުންނާ އެކު ފަރަށް އެރި ދޯނި ފޫގޮސްފި

ވ. ރަކީދޫ ކައިރިން ފަރަށް އެރި މަސްދޯނީގެ ބަނޑުފިލައަށް ގެއްލުން ލިިބި، ފޫގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ފަރަށް އަރާފައި ވަނީ 26 މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްދާން" ނަމަކާށް ކިޔާ ދޯންޏެއް ކަމަށެވެ.

އެ ދޯނި ފަރަށް އެރީ ވ. ރަކީދޫގެ އިރުން ދެ ނޯޓިކަލް މޭލު ބޭރުން ކަމަށާއި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ ރޭ ދަންވަރު 11 ޖަހާއެހާކަންހާއިރު ކަމަށެވެ.

އަދި ދޯނި ކައިރީގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ދޯނީގެ ބަނޑުފިލައަށް ގެއްލުންވެ، ދޯނި ދިޔަވާން ފަށާފައި ވާއިރު، އެ ސަރަހައްދުގައި ފަސް ދޯންޏާއި، ޕޮލިސް އަދި ސީ އެމްބިއުލާންސް ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

އަދި ދޯނީގެ ފަޅުވެެރިން ޕޮލިސް ލޯންޗަށް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް