ފަރަށް އެރި ބޯޓު ދެބުރިވެ، ލީކުވަމުންދާ ތެލުން މޮރިޝަސް އިތުރަަށް ތަޣައްޔަރުވަނީ

ލީކްވި ތެލުން ތަޣައްޔަރުވެފައިވާ ސަރަހައްދެއް--

މޮރިޝަސްގެ ފަރަށް އެރި ޖަޕާނުގެ ކާގޯ ބޯޓު "އެމްވީ ވަކަޝިއޯ" އެންމެ ފަހުން ދެބުރިވެ، ބޯޓުން ނުނެގި ހުރި ތެޔޮތައް ކަނޑަށް ބޭރުވާން ފަށައިފި އެވެ.

ހަތަރު ހާސް ޓަނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އެ ބޯޓު ފަރަށް އެރީ މިދިޔަ މަހު 25 ގަ އެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު ބޯޓުން ވަނީ 1000 އެއްހާ ޓަނުގެ ތެޔޮ ލީކްވާން ފަށައިފަ އެވެ.

ތެޔޮ ލީކްވާން ފެށުމުން މޮރިޝަސްގެ ހިމާޔަތްކޮށްފައިވާ މެރިން ޕާކުގައި ހިމެނޭ ކުޅިތަކާއި ނެތިވެގޮސްދާނެކަމަސް ބެލެވޭ "ސްޕީޝާސް" ތަކަށް ގެއްލުން ލިބިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑެވަފަ އެވެ.

ފަރަށް އެރި ބޯޓު--

އެ ހަދިސާއާ ގުޅިގެން މޮރިޝަސްއިން މިދިޔަ ހަފްތާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންވެސްކޮށްފައެވެ. ފަރަށް އެރި ބޯޓުގައި ބާކީ ހުރި 3000 ޓަނުގެ ތެޔޮ ސަލާމަތްކުރުމަށް ރެޔާ ދުވާލު ކްރޫއިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެ ބޯޓުގައި ހުރި ތެޔޮތަކުގެ ބައެއް ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އެއްގަމަށް ގެނެސްފައިވާ އިރު އަނެއް ބައި ތެޔޮތައް ވަނީ އެހެން ބޯޓަކަށް ވެސް ބަދަލުކޮށްފަ އެވެ.

ލީކްވި ތެޔޮތައް ސާފުކުރުމުގެ މަސައްކަތުގައި--

ލީކްވި ތެޔޮތައް ސާފުކުރުމުގެ މަސައްކަތުގައި--

އިއްޔެއާ ހަމައަށް ބޯޓުގައި 90 ޓަނުގެ ތެޔޮ ހުރިކަމަށް ވަނީ ބެލެވިފައެވެ

ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޝިންޖީރޯ ކޮއިޒޫމީ ވިދާޅުވީ އެ ހާދިސާ ހިނގިގޮތް ބަލައި ލިބުން ގެއްލުން ބަލަން އެގައުމުގެ އެކްސްޕާޓުން ފޮނުވާނެ ކަމަށެވެ.

ލީކްވި ތެލުން ތަޣައްޔަރުވެފައިވާ ސަރަހައްދެއް--

ބޯޓު ފަރަށް އެރި ފަހުން އެ ބޯޓުގައި ހުރި ތެޔޮ ހުސްކުރަން އެހާ ގިނަ ދުވަސް ނެގުމުން މޮރިޝަސްގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެ ގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު ވިދާޅުވީ ތެޔޮ ހުސްކުރަން ހުރަސް އެޅުނީ މޫސުން ގޯސްވުމުން ކަމަށެވެ.

ކަނޑަށް ބޭރުވި ތެލުގެ ސަބަބުން ތަޣައްޔަރުވެފައިވާ ސަރަހައްދުތަކުން މިހާތަނަށް 800 ޓަނުގެ ތެލާއި ކުނި ސާފުކޮށްފައެވެ. އެތެޔޮތައް ބޭރުވުން ހުއްޓުވަން މޮރީޝިއަސްގެ ވޮލަންޓިއަރުން ވަނީ އެކި ކަހަލަ "ހޯމް މޭޑް ބެރިއާ" ތައް ހަދައިގެން މަސައްކަތްކޮށްފައެވެ. އަދި ތެޔޮތައް ސާފުކުރުމުގައިވެސް އެތައް ބަޔަކު އުޅުނެވެ.

ބޯޓުން ތެޔޮ ލީކްވުުން ހުއްޓުވަން މޭކްޝިޕްޓް ބެރިއާތައް ހެދުމުގައި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ---

ކޮރޯނާ ވައިރަސްގެ ސަބަބުން މޮރިޝަސްގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައިވާއިރު ތެޔޮ ލީކްވުމުގެ ސަބަބުން އެ ދާއިރާ އިތުރަށް ހީނަރުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. --އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް