ނިލަންދޫގެ ކޮވިޑް ކޭސްތައް ހަތަރަކަށް، އެންމެން ތިބީ ކަރަންޓީނުގައި

ފ. ނިލަންދޫ: އެ ރަށުން ހަތަރު މީހަކު ވަނީ ޕޮޒިޓިވެފައި

ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށްފައިވާ ފ. ނިލަންދޫ އިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ފ. ނިލަންދޫ މޮނީޓަރިންގެ ހާލަތައް ގެނެސް، އެ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާ ކުރީ، ކަރަންޓީންގައި ތިބި ދެ މީހަކު ޕޮޒިޓިވްވެގެންނެވެ.

ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީވެސް މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓިންގައި ތިބި މީހުންނެވެ.

މިރޭ އެޗްޕީއޭ އިން ބުނީ، ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަވެ، ޓެސްޓު ކުރި މީހުންގެ ތެރެއިން އިތުރު ދެމީހަކު އެ ރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 36 އަހަރު އަދި 56 އަހަރު ދިވެހި އަންހެނެކެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، 43 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުންނެވެ.

އިއްޔެ އިރުއޮއްސި 6:00 އިން ރޭގެ އިރުއޮއްސިި 6:00 އަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 78 މީހުންނެވެ. އޭގެ ތެރެއިން ހަތަރު ކޭސް އަކީ މާލެއިން ބޭރުން ފެނުނު ހަތަރު ކޭސް ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ރަށްރަށުގެ ތަފްސީލެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.

މިހާތަނަށް ރާއްޖެއިން 5،500އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 3،010 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 90 މީހުން ހިމެނެ އެވެ. އަދި 22 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،540 އެވެ.

https://sun.mv/141576

comment ކޮމެންޓް