މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 78 މީހުން، ބަލިން ރަނގަޅުވީ 90 މީހުން

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑަށް 78 މީހުން ޕޮޒިޓިވްވެ، ފަރުވާ ދެމުންދާ މީހުންގެ އަދަދު، 2،540 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 46 ދިވެހިންނާއި 32 ބިދޭސީންނެވެ.

ބިދޭސީންގެ ތެރޭގައި ހިމެނެނީ، 25 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ލަންކާގެ ދެ މީހެއް އަދި ނޭޕާލް މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭޭގައި ހިމެނެނީ، މާލެއިން 74 މީހުންނާއި ރަށްރަށުން ހަތަރު މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5،572 އަކަށް ވަނީ އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 3،010 އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 90 މީހުން ހިމެނެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 150 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،508 އެވެ. މިހާތަނަށް ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ.

.

comment ކޮމެންޓް