ކެރިއަރުގައި ފުރަތަމަ ފަހަރަށް އަޖޭ ޔަޝްރާޖްގެ ފިލްމެއް ކުޅެނީ؟

ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން---

މުޅި ފިލްމީ ކެރިއަރުގައި ވެސް ފުރަތަމަ ފަހަރަށް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ ފިލްމަކުން ފެންނަން އުޅޭކަމަށް ޚަބަރުތައް ބުނެފި އެވެ.

އަޖޭގެ 29 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ޔަޝްރާޖް ފިލްމަކުން ފެނިފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމަކީ އެކްޝަން ތްރިލާއެކެވެ. އަދި މި ފިލްމު ރަސްމީކޮށް އިއުލާންކުރާނީ އަންނަ މަހުގެ ފާހަގަކުރާ އެ ކުންފުނީގެ ބާނީ ޔަޝް ޗޯޕްޅާގެ އުފަން ދުވަހު ކަމަށެވެ. މިހާރު އެ ކުންފުނި ހިންގަނީ ޔަޝް ޗޯޕްޅާގެ ފިރިހެން ދަރިފުޅު އަދިތްޔާ ޗޯޕްޅާ އެވެ.

ދެހާސް ބާރަ ވަނަ އަހަރު އަދިތްޔާ އާއި އަޖޭ އާ ދެމެދު ޖެހުނު މައްސަލައެއްގައި ދެތަރިންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. ނަމަވެސް މިހާރު އެމީހުން ބޭނުން ވަނީ ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށް ފަހު އަލުން އާ ފެށުމަކުން ފަށާށެވެ.

އެކްޓަރު އަޖޭ ވައިއާރްއެފްގެ ފިލްމެއް ކުޅެފައިނުވާއިރު އޭނާގެ އަންހެނުން ބަތަލާ ކާޖޮލް ވަނީ އެ ކުންފުނީގެ ފިލްމުތަކުން ފެނިގެން ގޮއްސައެވެ. އަޖޭ އެންމެ ފަހުން ފެނިގެންދިޔައީ ސައިފް އަލީ ޚާން އާއި ކާޖޮލް އާއެކު "ތަނަޖީ ދި އަންސަންގް ވޮރިއާ" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

comment ކޮމެންޓް